ކާބޯ ވާޑޭގެ ކީޕަރުގެ އާއިލާއަށް ފައިނަލް މެޗު ބެލުމުގެ ފުރުސަތު ހޯދައިދިނީ މެސީ

ކާބޯ ވާޑޭގެ ކީޕަރުގެ އާއިލާއަށް ފައިނަލް މެޗު ބެލުމުގެ ފުރުސަތު ހޯދައިދިނީ މެސީ

ނިމިގެންދިޔަ ވޯލްޑް ކަޕްގައި ގިނަ ބައެއްގެ މަޤްބޫލްކަން ހޯދި ކާބޯ ވާޑޭގެ ކީޕަރ ވޮޒީނިއާގެ އާއިލާއަށް، އާޖެންޓީނާ އާއި ސްޕެއިން ބައްދަލުކުރި ފައިނަލް މެޗު ބަލާލުމުގެ ފުރުސަތު ލިއޮނެލް މެސީ ހޯދާދިން ކަމަށް އާޖެންޓީނާގެ މީޑިއާއިން ހާމަކޮށްފިއެވެ.

އާޖެންޓީނާގެ ޖަރނަލިސްޓް ޔަނީނާ ލަޓޯރޭ ބުނީ ވިޒީނިއާ އާއި އޭނާގެ އާއިލާގެ ހަތަރު މީހަކަށް ވޯލްޑް ކަޕްގެ ފައިނަލް ބެލުމުގެ ފުރުސަތު އާޖެންޓީނާގެ ކެޕްޓަން މެސީ ހޯދައިދިން ކަމަށާއި، މިގޮތުން އެ އާއިލާއަށް ހިލޭ ޓިކެޓް ހަމަޖައްސާދީފައިވާ ކަމަށެވެ. ވޮޒީނިއާގެ އާއިލާއަކީ މެސީގެ ހެޔޮއެދުންތަކާއެކު ޓިކެޓް ހަމަޖައްސާދިން ގިނަ މީހުންގެ ތެރެއިން އެކަކެވެ.

ވޮޒީނިއާ ވަނީ ނިމިގެންދިޔަ ވޯލްޑް ކަޕްގައި ދެއްކި މޮޅު ކުޅުމުގެ ސަބަބުން ގިނަ ބައެއްގެ މަޤްބޫލްކަން ހޯދައިފައެވެ. މީގެތެރޭގައި ވޯލްޑް ކަޕް ކާމިޔާބު ކުރި ސްޕެއިން އާއި ދެކޮޅަށް ކުޅެ ލަނޑެއް ނުޖެހި އެއްވަރުވި މެޗުގެ އިތުރުން، ރައުންޑް އޮފް 16 ގައި އާޖެންޓީނާ އާއި ދެކޮޅަށް ކުޅުނު މެޗު ފާހަގަކޮށްލެވުނެވެ. މި ދެ މެޗުގައިވެސް ވޮޒީނިއާ ވަނީ ނުރައްކާތެރި ގިނަ ހަމަލާތަކެއް ދިފާއުކޮށްފައެވެ.

އެހެންކަމުން ވޮޒީނިއާ ވެގެންގޮސްފައިވަނީ ވޯލްޑް ކަޕްގެ ތެރޭގައި އެންމެ ބޮޑަށް މަޤްބޫލްކަން ހޯދި އެއް ކުޅުންތެރިޔާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ވޮޒީނިއާއަށް މިހާރު ވަނީ ބައެއް ކްލަބްތަކުގެ އޮފަރވެސް އަންނަން ފަށައިފައެވެ. މީގެތެރޭގައި މެސީ ކްލަބް ފުޓްބޯޅަ ކުޅެމުންދާ އިންޓަރ މަޔާމީވެސް ހިމެނިގެންދެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *