ފެނަކަ ކޯޕަރޭޝަންގެ އައްޑޫ ސިޓީ ބްރާންޗްގެ ވެރިންގެ ގޮތުގައި މީގެކުރިން ތިބި މީހުންގެ މައްޗަށް މަނީލޯންޑަރިންގެ ތަހުގީގެއް ހިންގަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.
ފެނަކަ އައްޑޫ ބްރާންޗްގެ އޮޑިޓް ރިޕޯޓުން ފާހަގަވާ ކޮރަޕްޝަންގެ މައްސަލަތަކާގުޅޭގޮތުން މި ތަހުގީގު ހިންގަން ކޮމިޓީން މިއަދު ފާސްޖުރީ ފުލުހުންނަށް އަންގައިގެންނެވެ.
ފެނަކަ އައްޑޫ ބްރާންޗްގައި ހިންގާފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައިވާ ކަންތައްތަކަށް ބަލައި، އެ ކަންތައްތައް ހިނގިއިރު އެ ބްރާންޗްގައި މީގެކުރިން ތިބި އިސްވެރިންނާއި، އެ ފަރާތްތަކުގެ އާއިލާތަކުގެ އެކައުންޓްތަކަށް މުސާރަ އާ ނުބައްދަލު ފަިސާ ޖަމާވެފައިވޭތޯ ބެލުމަށްވެސް ކޮމިޓީން ފާސްކުރިއެވެ.
ކޮމިޓީން މި ކަންތައްތައް ފާސްކުރީ، ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި، ހިތަދޫ މެދު ދާއިރާގެ ޕީއެންނސީ މެންބަރު އަހުމަދުއަޒާން ހުށަހަޅުއްވައި، ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފް ތާއީދު ކުރައްވައިގެންނެވެ.






