ސްޕެއިންގެ ރަސްމީ ކުޅުން ދައްކާލައި ފްރާންސް ބަލިކޮށްފި

ސްޕެއިންގެ ރަސްމީ ކުޅުން ދައްކާލައި ފްރާންސް ބަލިކޮށްފި

ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި ފްރާންސާ ދެކޮޅަށް ކުޅެ، 2-0 ގެ ނަތީޖާއަކުން ސްޕެއިނު ކާމިޔާބު ހޯދައި ފައިނަލަށް ދަތުރުކޮށްފިއެވެ.

ޑެލާސް ސްޓޭޑިއަމްގައި ކުޅުނު މި ފޯރިގަދަ މެޗުގައި ސްޕެއިނުން ވަނީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ، ފްރާންސްގެ ހަމަލާތައް ހުއްޓުވުމުގައި ކާމިޔާބު ހޯދާފައެވެ. 22 ވަނަ މިނެޓުގައި ލަމީން ޔަމާލަށް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީ، މިކެލް އޮޔާރްޒަބާލް ކާމިޔާބުކޮށް ލީޑު ނެގިއެވެ.

ފުރަތަމަ ހާފުގައި ފްރާންސްގެ މުހިންމު ޑިފެންޑަރު ވިލިއަމް ސަލީބާ އަނިޔާވެ ބަދަލުކުރަން ޖެހުމުން، ފްރާންސަށް ނަތީޖާ ހަހަމަކުުރުުމުުގެ ފުުރުުސަތުުތައް ވަދީ ހަނިވެފައެވެ. ދެވަނަ ހާފުގެ 58 ވަނަ މިނެޓުގައި ޑެނީ އޮލްމޯ ތަނަވަސްކޮށްދިން ފުުރުުސަތަކުން ޕެޑްރޯ ޕޯރޯ ދެވަނަ ލަނޑު ޖަހައި ސްޕެއިންގެ ކާމިޔާބު ކަށަވަރުކޮށްދިނެވެ.

ފްރާންސްގެ ކެޕްޓަން ކިލިއަން އެމްބާޕޭ އަދި ބްރެޑްލީ ބާކޯލާ ފޮނުުވާލި ހަމަލާތައް ސްޕެއިންގެ ކީޕަރު އުނާއި ސިމޯން ވަނީ ކާމިޔާބުކަމާ ދިފާއުކޮށްފައެވެ.

2024 ޔޫރޯ ސެމީ ފައިނަލުގައިވެސް ސްޕެއިނުން 2-1 ިން ފްރާންސް ބަލިކޮށްފައިވާ ކަމަށްވާއިރު، 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ޗެމްޕިއަން ސްޕެއިން ވަނީ ތާރީޚުގައި ދެވަނަ ފަހަރަށް ވޯލްޑް ކަޕް ފައިނަލަށް ދަތުރުކޮށްފައެވެ. ފްރާންސަށް ވަނީ ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ފައިނަލަށް ދިއުުމުުގެ ފުުރުސަތު ގެއްލިފައެވެ.

ފައިނަލުގައި ސްޕެއިން ބައްދަލުުކުުރަން ޖެހޭނީ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ޗެމްޕިއަން އާޖެންޓީނާ އަދި އިންގްލެންޑު ބައްދަލުުކުުރާ މެޗުުން ކުރި ހޯދާ ޓީމަކާއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *