ރައްޔިތުންނާ ވަކިން ބައްދަލުުކުުރެވޭ ފުުރުސަތު ވަރަށް އަވަހަށް ހުުޅުުވާލައްވާނެ ކަމަށް ރައީސް ޑރ. މުުހައްމަދު މުުއިއްޒު ވިދާޅުުވެއްޖެއެވެ.
ޕީއެސްއެމްގެ "ނޭޝަން ޗެޓް" ޕޮޑްކާސްޓްގައި ވާހަކަ ދައްކަވަމުުން ރައީސް ވިދާޅުުވީ، ކޮންމެ ހަފްތާއެއްގެ އެއް ދުވަހު ނުުވަތަ ދެ ދުވަހު ދާއިރާތައް ވަކިވަކިން ތަރުތީބުުން، ހާއްސަ ވަގުތަކާއި އުސޫލެއްގެ ތެރެއިން ރައްޔިތުންނާ ބައްދަލުުކުުރެވޭ ނިޒާމެއް ހަމަޖެހިގެންދާނެ ކަމަށެވެ. 93 ދާއިރާ ހިމެނޭ ގޮތަށް ހުުރިހާ ދާއިރާތަކެއް ކަވަރުުކުުރަން ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ނަގާފާނެ ކަމަށް ވެސް ރައީސް ފާހަގަ ކުރެއްވިއެވެ.
ކުރިއަށް ރަށްތަކަށް ކުުރައްވާ ދަތުުރުފުުޅުުތަކުގައި ވެސް ކައުންސިލްތަކަށް ވަކިން ބައްދަލުުވުުމުގެ އިތުުރުން، ރައްޔިތުންނާ ވަކިން ބައްދަލުުވުުމަށް ވެސް ދެން ހާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށް ރައީސް ވިދާޅުުވިއެވެ.
ކުރިން މާލޭގެ ރައްޔިތުންނާ ބޭއްވި ބައްދަލުުވުުންތަކުގައި ފްލެޓުުގެ ޝަކުުވާތައް ހިމެނޭ ގޮތަށް ގިނަ ކަންބޮޑުުވުުންތަކެއް ހިއްސާ ކޮށްފައިވާ ކަމަށާއި، އެ ހުރިހާ ރިކުުއެސްޓެއް ބެލި ނުުވަތަ ހައްލު ހޯދައިދީފައިވާ ކަމަށް ރައީސް ވިދާޅުުވިއެވެ. ސީދާ ބައްދަލުުނުުވިޔަސް، ރައީސް އޮފީހުގެ ވުުޒާރާތަކުގެ ވެރިން ރައްޔިތުންނާ ބައްދަލުުކޮށް ކަންބޮޑުުވުުންތައް ހޯދަވައި، ގޮތްތަކެއް ނިންމަވާފައިވާނެ ކަމަށް ވެސް ވިދާޅުުވިއެވެ.






