ޒުވާން ތަރި އީތަން ނިއުރޭޑިއަންޓަށް ސޮއިކޮށްފި

ޒުވާން ތަރި އީތަން ނިއުރޭޑިއަންޓަށް ސޮއިކޮށްފި

ރާއްޖޭގެ އެންމެ އުއްމީދީ ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އީތަން އިބްރާހިމް ޒަކީ، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޔޫތު ޗެންޕިއަންޝިޕަށް ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާ ސޮއިކޮށްފިއެވެ.

ނިއުރޭޑިއަންޓްގެ ޒުވާން ޓީމުގެ ކެޕްޓަންކަންވެސް ކުރާނީ އީތަންއެވެ. ޓީމުގެ ފުރަތަމަ މެޗު، މިމަހުގެ 28 ވަނަ ދުވަހުގެ ރޭ، ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅޭ ގޮތަށް ވަނީ ކަނޑައެޅިފައެވެ.

އީތަން ފާހަގަ ކޮށްލެވެނީ ހަގު ދުވަސްވަރުން ފެށިގެންވެސް ފާހަގަ ކޮށްލެވޭ ކާމިޔާބީތަކެއް ހޯދި ކުޅުންތެރިއެއްގެ ގޮތުގައެވެ. ކްލަބް ވެލެންސިއާގެ ސީނިއަރ ޓީމަށް ކުޅެ، އުމުރުުން 14 އަހަރާ 9 މަހުގައި ދިވެހި ޕްރިމިއަރ ލީގުގައި ލަނޑެއް ޖަހައި، ލީގު ތާރީހުގައި ލަނޑު ޖެހި އެންމެ ހަގު ކުޅުންތެރިޔާގެ ރެކޯޑް ގާއިމު ކޮށްފައިވެއެވެ.

ބައިނަލްއަގްވާމީ ތަޖުރިބާވެސް ލިބިފައިވާ އީތަން ވަނީ ސްޕެއިންގެ ދެ ވަނަ ޑިވިޝަންގެ ކްލަބެއް ކަމަށްވާ އީއެފް ހުއެސްކާގެ 16 އަހަރުުން ދަށުގެ ޓީމަށް ވެސް ކުޅެފައެވެ. އަދި 17 އަހަރުުގެ ތެރޭ ގައުމީ ސީނިއަރ ސްކޮޑުގައި ވެސް ހިމެނިފައިވެއެވެ.

ފޯވަޑް އަދި ވިންގަރެއްގެ ގޮތުގައި ކުުޅޭ އީތަންއަކީ ބޯޅަ ގެންގުުޅުުމާއި ގޯލަށް ނުުރައްކާ ކުުރުުމުގައި ފާހަގަ ކޮށްލެވޭ ހުުނަރުުވެރިކަމެއް ދައްކަމުން އަންނަ ކުުޅުުންތެރިއެކެވެ. ނިއުރޭޑިއަންޓަކީވެސް މިހާރު ރާއްޖޭގެ ފުުޓްބޯޅައިގައި ވަރަށް ކުރި ހިފާ ކްލަބެއްކަން ފާހަގަ ކޮށްލެވެއެވެ. ދާދިފަހުުން ތާރީހުުގައި 13 ވަނަ ފަހަރަށް އެފްއޭ ކަޕް ކާމިޔާބުުކޮށް، ކްލަބުގެ ޖުުމްލަ ތަށި 50 ހަމަ ކޮށްފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *