ށ. ފުނަދޫގައި އިސްރަށްވެހިންގެ ހިޔާވަހި ގާއިމުކުުރުުމުުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުުކޮށްފިއެވެ.
މިނިސްޓްރީ އޮފް ހެލްތް، ފެމިލީ އެންޑް ވެލްފެއާގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުުމުގައި މިނިސްޓްރީގެ ފަރާތުުން ސޮއިކުުރެއްވީ ސްޓޭޓް މިނިސްޓަރު އިބްރާހިމް އިސްމާއީލް އަލީއެވެ. އެމްޓީސީސީގެ ފަރާތުުން ސޮއިކުުރެއްވީ ޑެޕިއުުޓީ މެނޭޖިން ޑިރެކްޓަރު އަހުުމަދު މުބީނެވެ.
މި މަޝްރޫއުުގެ ދަށުުން 40 މީހުުންގެ ޖާގައިގެ 2 ފަންގިފިލާގެ އިމާރާތެއް ބިނާ ކުުރެވޭނެ ކަމަށް އެމްޓީސީސީން ވިދާޅުުވިއެވެ. ސިއްހީ ހިދުުމަތްދޭ ތަނަކާއި، އިދާރީ އޮފީހަކާއި، ޒަރޫރީ ހިދުުމަތްތަކަށް ބޭނުުންވާ ސަރަހައްދުތަކުގެ އިތުުރުުން ރިކްރިއޭޝަން ހަރަކާތްތަކަށް ވެސް ހާއްސަ ތަނެއް ކަނޑައަޅާފައިވެއެވެ.
މިއީ 37.46 މިލިއަން ރުުފިޔާ ހަރަދުުވާ ކަމަށް ލަފާ ކުުރެވޭ، 360 ދުވަހުުގެ ތެރޭގައި ނިންމުމަށް ހަވާލުުކޮށްފައިވާ މަޝްރޫއެކެވެ.






