އިންޑިއާ ހައި ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގެ 6 ދާއިރާއަކަށް ލެޕްޓޮޕް ހަދިޔާކޮށްފި

އިންޑިއާ ހައި ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގެ 6 ދާއިރާއަކަށް ލެޕްޓޮޕް ހަދިޔާކޮށްފި

ދިވެހިރާއްޖޭގައި ކުރިއަށްދާ ޑިޖިޓަލް ތަރައްގީގެ މަޝްރޫއުތަކަށް އެހީތެރިވުމުގެ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ ހަ ދާއިރާއަކަށް އިންޑިއާ ހައި ކޮމިޝަނުން ލެޕްޓޮޕްތަކެއް ހަދިޔާކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ލެޕްޓޮޕްތައް ހަވާލުކޮށްދެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ހައި ކޮމިޝަނަރު ޖީ ބަލަސުބްރަމަނިއަމް އެވެ.

މި އެހީ ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ހިމެނިވަޑައިގަންނަވައެވެ. ހަމަ އެހެންމެ، ކުރެންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާމިން ހަބީބު، މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރިކު، ހުރާ ދާއިރާގެ މެމްބަރު އަނާރާ ނައީމް، ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަފޫ ހާމިދު، އަދި ނިލަންދޫ ދާއިރާގެ މެމްބަރު ފާތިމަތު ސައުދާއަށް ވެސް ލެޕްޓޮޕްތައް ހަދިޔާ ކޮށްފައިވެއެވެ.

މި އެހީއަކީ ސަރުކާރުގެ "މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޯމޭޝަން" ތަސައްވުރާ އެއްގޮތަށް ދާއިރާތަކުގެ ތަރައްގީއަށް ފޯރުކޮށްދިން އެހީއެއް ކަމަށް ހައި ކޮމިޝަނުން ބުނެއެވެ. ޓެކްނޮލޮޖީގެ ބޭނުމުގައި ދާއިރާތައް ތަރައްގީ ކުރުމަށާއި، ދެ ގައުމުގެ ދެމެދުގައި ޒަމާންވީ ގާތް ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ވެސް މި ފިޔަވަޅު މަގުފަހިކޮށްދޭނެ ކަމަށް ހައި ކޮމިޝަނުން ވަނީ ބަޔާންކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *