ވައްކަމާ ދެކޮޅަށް ކުރާ ކޮންމެ މަސައްކަތަކާ އެމްޑީޕީ ދެކޮޅުވާނެ ކަމަށް ފުނަދޫ ދާއިރާ މެންބަރު މުހައްމަދު މަމްދޫހް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި "މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން" ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން މަމްދޫހް ވިދާޅުވީ، 2018 ގައި ވެރިކަން ލިބި ފަސް އަހަރު ތެރޭ އެމްޑީޕީ ކުރީ ވައްކަން ކަމަށާއި، ކޮރަޕްޝަން ހުއްޓުވަން ކުރާ ކޮންމެ ކަމަކާ ދެކޮޅުވާނެ ކަން ފެންނަ ކަމަށެވެ.
ބިލާ ދެކޮޅުހަދަނީ، ބިލުގެ ސަބަބުން ކޮރަޕްޝަނަށް ހުރި ދޮރުތައް ބަންދުވެ، ކޮންމެ ބަޔަކު ވެރިކަމަށް ވިޔަސް ކޮރަޕްޝަންގެ ފުުރުސަތު ނެތިދިއުމަށް ކަމަށް ވިދާޅުވިއެވެ.
ހަރަދު ސަލާމަތްކޮށްދޭ ވަސީލަތެއްގެ ގޮތުގައި ވެސް ބިލު ފާހަގަ ކުރައްވައި، 2027 ނުވަތަ 2028 ހަމައަށް ދިއުމުން ކަރުދާހާ ސްޓޯރޭޖަށް ކުުރާ 500 މިލިއަނެއްހާ ރުފިޔާގެ ހޭދައިގެ 70 އިންސައްތަ ސަލާމަތް ކުުރެވޭނެ ކަމަށް ވިދާޅުވިއެވެ.






