ޖަޕާނުގެ ޓޯކިޔޯގައި ހުންނަ މޯރީ އާޓް މިއުޒިއަމް: ޒަމާނީ އާޓާއި ހިތްގައިމު މަންޒަރުތައް

ޖަޕާނުގެ ޓޯކިޔޯގައި ހުންނަ މޯރީ އާޓް މިއުޒިއަމް: ޒަމާނީ އާޓާއި ހިތްގައިމު މަންޒަރުތައް

ޖަޕާނުގެ ޓޯކިޔޯގެ ރޮޕޮންގީ ޑިސްޓްރިކްޓްގައި ހުންނަ މަޝްހޫރު "މޯރީ އާޓް މިއުޒިއަމް" އެވެ. ޓޯކިޔޯއަކީ ތާރީޚީ ސަގާފަތާއި ޒަމާނީ ކުރިއެރުންތައް އެކުލެވިގެންވާ ރީތި ސިޓީއެކެވެ. މި ސިޓީގެ މެދުގައި ހުންނަ މި މިއުޒިއަމްއަކީ ޒަމާނީ އާޓާއި އުފެއްދުންތެރިކަމަށް ލޯބިކުރާ ފަރާތްތަކަށް ވަރަށް ހާއްސަ މަންޒިލެކެވެ.

2003 ވަނަ އަހަރު ހުޅުވި މި މިއުޒިއަމް ހުންނަނީ 238 މީޓަރު އުސް މޯރީ ޓަވަރުގެ 53 ވަނަ ފަންގިފިލާގައެވެ .މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަ އާޓިސްޓުންގެ ހުނަރުތައް ދައްކާލުމަށް ތައްޔާރުކޮށްފައިވާ ތަނެކެވެ. 53 ވަނަ ފަންގިފިލާގައި ހުރުމުން، މިއުޒިއަމްގެ ތެރެއިން އާޓްގެ މަސައްކަތްތައް ބަލާލުމުގެ އިތުރުން ޓޯކިޔޯ ސިޓީގެ ހިތްގައިމު މަންޒަރުތައްވެސް ފެނިގެންދެއެވެ .މޫސުން ރަނގަޅު ސާފު ދުވަސްތަކުގައި މައުންޓް ފޫޖީ ވެސް މިތަނަށް ފެންނަން ހުރެއެވެ .

އެހެން މިއުޒިއަމްތަކާ ހިލާފަށް މޯރީ އާޓް މިއުޒިއަމްގައި ދާއިމީ ކަލެކްޝަންތަކަށްވުރެ ބޮޑަށް އިސްކަންދެނީ ބަދަލުވަމުންދާ ވަގުތީ އެގްޒިބިޝަންތަކަށެވެ. މީގެ ސަބަބުން ކޮންމެ ފަހަރަކު ޒިޔާރަތްކުރާއިރުވެސް އާ ކަންތައްތަކެއް ފެނިގެންދެއެވެ. މިތަނުން ކުރެހުންތަކާއި، ސްކަލްޕްޗަރސް، ފޮޓޯގްރަފީ އަދި ޑިޖިޓަލް މީޑިއާގެ އިތުރުން ޓެކްނޮލޮޖީގެ އެހީގައި ތައްޔާރުކޮށްފައިވާ އިންޓަރެކްޓިވް އާޓްތައް ފެނިގެންދެއެވެ .ކުރިން މިތަނުގައި މަޝްހޫރު އާޓިސްޓުން ކަމަށްވާ އައި ވޭވޭ ، ތަކާޝީ މުރަކާމީ އަދި ޔަޔޯއި ކުސާމާ ފަދަ ފަންނާނުންގެ ހުނަރުވެރި މަސައްކަތްތައް ދައްކާލާފައިވެއެވެ.

މި މިއުޒިއަމްގައި ޓެކްނޮލޮޖީގެ ބޭނުން ވަރަށް ފުޅާ ދާއިރާއެއްގައި ކުރެއެވެ. ވާޗުއަލް ރިއަލިޓީ އަދި ޑިޖިޓަލް މީޑިއާ މެދުވެރިކޮށް އާޓްތައް ބަލާލުމުގެ ފުރުސަތު ލިބެއެވެ. މީގެ އިތުރުން، މިއުޒިއަމްގެ އެންމެ ހާއްސަ އެއް ކަމަކީ "ޓޯކިޔޯ ސިޓީ ވިއު" އޮބްޒަވޭޝަން ޑެކެވެ .މިތަނުން މުޅި ޓޯކިޔޯ ސިޓީގެ މަންޒަރުތައް 360 ޑިގްރީއަށް ފެންނަން ހުރެއެވެ .

މޯރީ އާޓް މިއުޒިއަމްއަކީ ހަމައެކަނި ކުރެހުންތަކެއް ބަލާލަން ދާ ތަނެއް ނޫނެވެ. އެއީ ތަފާތު ވޯކްޝޮޕްތަކާއި އެޑިޔުކޭޝަނަލް ޕްރޮގްރާމްތައް މެދުވެރިކޮށް އާޓާއިމެދު މީހުންގެ ވިސްނުން ފުޅާކޮށްދޭ މަރުކަޒެކެވެ. ޓޯކިޔޯއަށް ޒިޔާރަތްކުރާ ފަރާތްތަކަށް މިއީ ކޮންމެހެންވެސް ގޮސްލަން ރަނގަޅު ތަނެކެވެ. އާޓާއި، ސަގާފަތާއި ޒަމާނީ ޓެކްނޮލޮޖީ އެއްތަނަކުން ތަޖުރިބާކޮށްލަން ބޭނުންވާ ފަރާތްތަކަށް މިއީ ފުރިހަމަ މަންޒިލެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *