ރާއްޖެއަށް އީ-ވޯޓިން ނިޒާމެއް ތައާރަފް ކުުރުުމުގެ ވިސްނުމެއް ސަރުުކާރުުން ނުުގެންގުުޅޭ ކަމަށް މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުުހައްމަދު މުުސްތަފާ ވިދާޅުވެއްޖެއެވެ.
ސަރުުކާރުުގެ ފަރާތުުން ހުުށަހެޅި "މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލް" ގެ ބަހުސްގައި، ސަރުުކާރުުން ބޭނުުންވަނީ 2028 ގައި އީ-ވޯޓިން ނިޒާމެއްގެ ތެރެއިން އިންތިހާބެއް ބޭއްވުުމަށް ކަމަށް އެމްޑީޕީ މެންބަރުުން ތުުހުމަތު ކުރެއްވިއެވެ.
ނަމަވެސް ތުުހުމަތުުތަކަށް ރައްދު ދެއްވައި، ބިލު ފަރުުމާ ކުުރުުމުގެ ތެރޭ ވެސް އެ ވިސްނުުމެއް ނެތް ކަމަށާއި، ރައީސް ޑރ. މުުހައްމަދު މުުއިއްޒުގެ ވިސްނުންފުޅެއް ވެސް ނޫން ކަމަށް ވިދާޅުވިއެވެ.
ބިލްގެ ދަށުން "މޯލްޑިވްސް ޑިޖިޓަލް ސަރވިސް" ގެ ނަމުގައި ވަކި ދައުލަތުގެ ވަކި އިދާރާއެއް ހެދުުމަށް ހަމަޖެހިފައިވާ ކަމަށާއި، ދައުލަތުުގެ ތެރޭ ޑިޖިޓަލް ގަވަރނަންސް ގާއިމުުކުުރުުމަށް ހުުށަހެޅޭ ފުުރަތަމަ ގާނޫނު ކަމަށް ވިދާޅުވިއެވެ.
ދައުލަތް ހިންގުން ޒަމާނީ ކުުރެވި، ކޮރަޕްޝަން ނައްތާލެވި، ދިވެހި ދައުލަތް ހިންގަން ތިބި ފަރާތްތަކުުން ރައްޔިތުންގެ ހިދުމަތުގައި ބޮޑަށް ބައިވެރިވެ ކޮރަޕްޝަނަށް ތިލަ ނުުވެ ތިބެވޭ ނިޒާމެއް ގާއިމުުކުުރުުމަށް ބިލް ހލހިދޭ ގޮތްތަކާ ގުޅޭ ތަފްސީލްތައް ހިއްސާ ކުުރެއްވިއެވެ.






