ފެނަކައިގެ 97 މުވައްޒަފަކު އަމިއްލައަށް ވަޒީފާ ދޫކޮށްލަން ހުށަހަޅައިފި

ފެނަކައިގެ 97 މުވައްޒަފަކު އަމިއްލައަށް ވަޒީފާ ދޫކޮށްލަން ހުށަހަޅައިފި

ފެނަކަ ކޯޕަރޭޝަންގެ ހިންގުމުގެ ހަރަދު ކުޑަކޮށް މާލީ ހާލަތު ރަނގަޅު ކުރުމަށް ކުރިއަށްގެންދާ "ރައިޓްސައިޒް" ކުރުމުގެ މަސައްކަތުގެ ދަށުން، 97 މުވައްޒަފަކު އަމިއްލައަށް ވަޒީފާއިން ވަކިވުމަށް ހުށަހަޅާފައިވާ ކަމަށް ފެނަކައިގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު އަފީފް ހުސެއިން ވިދާޅުވެއްޖެއެވެ.

އަފީފް ވިދާޅުވީ، ވަކިވާން ބޭނުންވާ މުވައްޒަފުންނަށް 10 ދުވަހުގެ މުއްދަތެއް ދީ، ހަތަރު މަހުގެ މުސާރަ އެއްފަހަރާ ދޭ ގޮތަށް ފުރުސަތު ހުޅުވާލި ކަމަށެވެ. މާލެ އާއި އަތޮޅުތެރޭ ސައިޓުތައް ހިމެނޭ ގޮތަށް 97 މުވައްޒަފަކު ވަކިވާން ހުށަހަޅާފައިވާ ކަމަށް ވިދާޅުވިއެވެ.

އޭނާ މަގާމާ ހަވާލުވެވަޑައިގެންނެވިއިރު ކުންފުނީގެ ޕޭރޯލްގައި 8،000 އެއްހާ މުވައްޒަފުން ތިބިކަމަށާއި، މުސާރައަށް އެކަނި މަހަކު ގާތްގަނޑަކަށް 90 މިލިއަން ރުފިޔާ ހަރަދުވާ ކަމަށް ފާހަގަ ކުރެއްވިއެވެ. ކުރީ ސަރުކާރުތަކުން ސިޔާސީ ބޭނުންތަކަށް ގިނަ މުވައްޒަފުން ވެއްދި ކަމަށާއި، ބައެއް ފަރާތްތައް ޑިއުޓީ ގަޑީގައި މަސައްކަތަށް ނުގޮސް ތިބި ކަމަށް ވެސް ވިދާޅުވިއެވެ.

ފެނަކައިގެ އިތުރުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ވެސް ވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ރިޑަންޑަންސީ ޕެކޭޖު ތައާރަފްކޮށް، ދައުލަތު ކުންފުނިތައް ހަރުދަނާ ކުރުުމުގެ މަސައްކަތް ފަށާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *