ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އަނެއްކާވެސް ދަށަށް ހިނގައްޖެއެވެ.
ތެލުގެ އަގު ދަށަށް ދިޔައީ މެދުއިރުމަތީގެ ހަނގުރާމަ ހުއްޓާލުމަށް އެމެރިކާ އާއި އީރާނުން އެއްބަސްވުމެއްގައި ސޮއިކޮށް، ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމާ ގުޅިގެންނެވެ.
ބްރެންޓް ކްރޫޑްގެ އަގު 1.12 އިންސައްތަ ދަށްވެ، ފީފާއެއްގެ އަގު 78.66 ޑޮލަރަށް ވެއްޓިފައިވެއެވެ. ވެސްޓް ޓެކްސަސް އިންޓަމީޑިއަޓް (ޑަބްލިއުޓީއައި) ގެ ފީފާއެއްގެ އަގު ވެސް 1.28 އިންސައްތަ ދަށްވެ، 75.81 ޑޮލަރަށް ވެއްޓިފައިވެއެވެ.
ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި ކައިރި މުސްތަގުބަލެއްގައި މި އަގު 67 ޑޮލަރަށް ވެއްޓުން އެކަށީގެން ވެއެވެ.
ގަލްފުގައި ފަހަކަށް އައިސް އުފެދުނު ހަމަނުޖެހުންތަކުގެ ތެރޭގައި، ހާއްސަކޮށް އީރާނުން ހުރްމުޒް ބަންދުކުރުމުގެ ސަބަބުން ސާފުނުކުރާ ފީފާއަކަށް 120 އަށް ވުރެ ގިނަ ޑޮލަރު ދައްކަން ޖެހުނު ފަހަރު ވެސް ދިޔައެވެ.





