ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި އެމެރިކާ އާއި އީރާނުގެ ރައީސް ސޮއި ކުރައްވައިފި

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި އެމެރިކާ އާއި އީރާނުގެ ރައީސް ސޮއި ކުރައްވައިފި

މެދުއިރުމަތީގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ބުދަ ދުވަހު ސޮއިކުރައްވައިފި އެވެ.

ޓްރަމްޕް މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޖީ7 ސަމިޓަށް ފަހު ފްރާންސްގެ ޕެލަސް އޮފް ވާސައިގައި ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮންއާ އެކު ބޭއްވި ފަރިއްކޮޅެއްގެ ތެރޭގައި ކަމަށް އެމެރިކާގެ އޮފިޝަލަކު އޭއެފްޕީއަށް ކަށަވަރުކޮށްދެއްވި އެވެ. ގަނޑުވަރުން ނިކުމެވަޑައިގަންނަވަމުން ޓްރަމްޕް ވިދާޅުވީ "މިހާރު ސޮއިކޮށްފިން" ކަމަށެވެ.

މި އެއްބަސްވުމުގެ ދަށުން އެމެރިކާއިން ވަނީ އިރާނުގެ ތެލުގެ އެކްސްޕޯޓާ ދެކޮޅު ދަތިކުރުމުގެ ފިޔަވަޅުތައް ވަގުތުން އުވާލުމަށް އެއްބަސްވެފަ އެވެ. އަދި އިރާނުން މުއްސަނދިކޮށްފައިވާ ޔުރޭނިއަމް، އދ.ގެ ނިއުކްލިއާ އިދާރާ (އައިއޭއީއޭ) ގެ ބެލުމުގެ ދަށުން ޑައިލޫޓްކުރުމަށް ވެސް އެއްބަސްވެފައިވެ އެވެ. މީގެ އިތުރުން 300 ބިލިއަން ޑޮލަރުގެ އާރާސްތުކުރުމުގެ ފަންޑެއް ދޫކުރުމަށް މަގުފަހިކޮށްދިނުން ވެސް ހިމެނެ އެވެ.

އިރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއިލް ބަގާއީ ވިދާޅުވީ "މިހާރު މިއީ އެއްބަސްވުން ތަންފީޒުވަމުންދާ ގޮތް ބަލަންވީ ވަގުތު" ކަމަށެވެ. ނަމަވެސް ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީގެ ސެނެޓަރު ބިލް ކެސިޑީ ވަނީ މިއީ "ހާރިޖީ ސިޔާސަތުގައި ހެދި އެންމެ ބޮޑު ގޯސް" ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

މިއީ ވަގުތީ އިންތިޒާމެއް ކަމަށާއި، ދެ މަސް ދުވަހުގެ މަޝްވަރާގެ މުއްދަތެއް މިހާރު ފެށިފައިވާއިރު، ހުކުރު ދުވަހު ސްވިޓްޒަލެންޑުގައި މިކަމަށް ހާއްސަ ރަސްމީ ރަސްމިއްޔާތެއް ބާއްވަން ވެސް ވަނީ ނިންމައިފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *