އަންނަ އަހަރު ރާއްޖޭ އިގްތިސޯދު ހަމައަކަށް އެޅޭނެ ކަމަށް އައިއެމްއެފުން ލަފާކޮށްފި

އަންނަ އަހަރު ރާއްޖޭ އިގްތިސޯދު ހަމައަކަށް އެޅޭނެ ކަމަށް އައިއެމްއެފުން ލަފާކޮށްފި

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން މަޑުޖެހިފައި އޮތް ރާއްޖޭ އިގްތިސާދު، އަންނަ އަހަރުން ފެށިގެން އާންމު ހާލަތަށް ރުޖޫއަވާން ފަށާނެ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) ލަފާކޮށްފިއެވެ.

ދިހަ ދުވަހުގެ ޒިޔާރަތަކަށް ރާއްޖެއަށް ވަޑައިގެންނެވި އައިއެމްއެފްގެ ވަފްދުން ނެރުނު ރިޕޯޓުގައި ބުނީ، ތެލުގެ އަގު އުފުލުމާއި ޓޫރިޒަމަށް ލިބުނު ނޭދެވޭ އަސަރާ ގުޅިގެން، މި އަހަރު ރާއްޖޭ އިގްތިސާދީ ކުރިއެރުން، 1 ޕަސެންޓަށް މަޑުޖެހޭނެ ކަމަށެވެ. ނަމަވެސް އަންނަ އަހަރުން ފެށިގެން ކުރިއެރުން އިޔާދަވެ، މެދުރާސްތާގައި ހަތަރު ޕަސެންޓްގެ ކުރިއެރުމަށް ރުޖޫއަވާނެ ކަމަށް ލަފާކޮށްފައިވެއެވެ.

ކައިރި މުސްތަގުބަލުގައި ދަރަނި ޑިފޯލްޓުވުމުގެ ހާލަތަށް ލުޔެއް ލިބިފައިވީ ނަމަވެސް، ދަރަނި ދެއްކުމުގެ ގާބިލްކަމާ ބެހޭ ހިރާސްތައް އަދިވެސް ބޮޑު ކަމަށް އައިއެމްއެފުން ފާހަގަ ކުރިއެވެ. ތެލުގެ އަގު ބޮޑުވުމުން އިމްޕޯޓް ހޭދަ އިތުރުވެ، ކަރަންޓު އެކައުންޓު ޑެފިސިޓްވެސް ބޮޑުވާނެ ކަމަށް ބެލެވޭ ކަމަށް ރިޕޯޓުގައި ވެއެވެ.

އިގްތިސާދީ ހިރާސްތައް ކުޑަ ކުރުމަށް، ކެޕިޓަލް ހަރަދު ކުޑަ ކުރުމާއި، ސަބްސިޑީ ނިޒާމު މުރާޖައާ ކުރުމާއި، އިއާދަ ކުރަނިވި ހަކަތައަށް ބަދަލުވުމާއި، ވިޔަފާރީ މާހައުލު ހަރުދަނާ ކުރުން ފަދަ ފިޔަވަޅުތައް އެޅުން މުހިންމު ކަމަށް އައިއެމްއެފުން ބުންޏެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *