ނަތަންޔާހޫއަށް ޓްރަމްޕް: އެމެރިކާ އާއި ނުލައި އިޒްރޭލް ނޯންނާނެ، އަހަރެން މިކަމުގެ ތެރެއަށް ނުވަންނަމަ އިޒްރޭލް ގޮއްވާލީސް

ނަތަންޔާހޫއަށް ޓްރަމްޕް: އެމެރިކާ އާއި ނުލައި އިޒްރޭލް ނޯންނާނެ، އަހަރެން މިކަމުގެ ތެރެއަށް ނުވަންނަމަ އިޒްރޭލް ގޮއްވާލީސް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އެމެރިކާގެ އެހީތެރިކަމާ ނުލައި އިސްރާއީލުގެ ވުޖޫދެއްވެސް ނޯންނާނެ ކަމަށް ވިދާޅުވެއްޖެއެވެ.

ފަރަންސޭސިވިލާތުގައި ބޭއްވުނު ޖީ7 ސަމިޓްގެ ތެރެއިން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވަނީ، ލުބުނާނުގެ ހިޒްބުالله ޖަމާއަތާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ އަސްކަރީ ހަރަކާތްތަކާ މެދު ހިތްހަމަޖެހިވަޑައިނުގަންނަވާކަން ހާމަކުރައްވައި، ނަތަންޔާހޫ މިއަށްވުރެ ޒިންމާދާރު ވާންޖެހޭ ކަމަށް ވިދާޅުވެފައެވެ.

އިސްރާއީލާއި ހިޒްބުاللهގެ ކުރިމަތިލުންތައް ދިގުލައިގޮސް، ގިނަ އަދަދެއްގެ އާންމުން މަރުވަމުން ދާތީ ޓްރަމްޕް ކަންބޮޑުވުން ފާޅުކުރެއްވިއެވެ. ޚާއްޞަކޮށް ލުބުނާނުގެ ބެއިރޫތުގެ ދެކުނުގެ ސަރަހައްދުތަކަށް އިސްރާއީލުން ދެމުންދާ ވައިގެ ހަމަލާތަކަށް އިޝާރާތްކުރައްވައި ޓްރަމްޕް ވިދާޅުވީ، ހިޒްބުاللهގެ މީހަކު ހޯދުމުގެ ނަމުގައި ކޮންމެ ފަހަރަކު މީހުން ދިރިއުޅޭ ބޮޑެތި އެޕާޓްމަންޓް އިމާރާތްތައް ގޮއްވާލަން ނުޖެހޭނެ ކަމަށެވެ. އެ އިމާރާތްތަކުގައި އުޅޭ އެންމެންނަކީ ހިޒްބުاللهގެ މީހުން ނޫންކަން ސާފުކޮށް އެނގޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ހަމަލާތަކާ މެދު ޓްރަމްޕް ކަންބޮޑުވުން ފާޅުކުރެއްވީ، އެމެރިކާ އާއި އީރާނާ ދެމެދު ވަގުތީ ސުލްހައިގެ އެއްބަސްވުމެއް އިއުލާނުކުރަން ކުޑަތަންވެފައި ވަނިކޮށް އިސްރާއީލުން މިފަދަ ހަމަލާތަކެއް ދިނުމުންނެވެ. ނަމަވެސް، އިސްރާއީލުން ބެއިރޫތަށް ހަމަލާދިން ކަމުގައިވިޔަސް، އީރާނާއެކު ވެވޭ ސުލްހައިގެ އެއްބަސްވުން ދެމިއޮންނާނެ ކަމުގެ ޔަގީންކަން ޓްރަމްޕް ދެއްވިއެވެ.

އިސްރާއީލަށް އެމެރިކާއިން ދޭ އެހީތެރިކަމުގެ މައްޗަށް އަލިއަޅުވާލައްވަމުން ޓްރަމްޕް ވިދާޅުވީ "އެމެރިކާއާ ނުލައި އިސްރާއީލެއް ނޯންނާނެ. އަހަރެން މިކަމުގެ ތެރެއަށް ނުވަންނަމަ، މާ ކުރިންވެސް އިސްރާއީލު އޮންނާނީ ގޮއްވާލާފައި." ކަމަށެވެ.

ލުބުނާނުގައި ހިނގަމުންދާ ހަނގުރާމައަކީ "ކުޑަ ހަނގުރާމައެއް" ގެ ގޮތުގައި ސިފަ ކުރައްވަމުން، ޓްރަމްޕް ވިދާޅުވީ ލުބުނާނާއި ހިޒްބުاللهގެ މައްސަލައިގައި އިސްރާއީލުން އަމަލުކުރަމުންދާ ގޮތާ މެދު އޭނާ އެއްގޮތަކަށްވެސް ހިތްހަމަޖެހިވަޑައިނުގަންނަވާ ކަމަށެވެ.

މެދުއިރުމަތީގެ މަސްރަހު ފިނިކުރުމަށް އެމެރިކާއިން އީރާނާއެކު ސުލްހައިގެ މަގުތަކެއް ހޯދަމުންދާއިރު، އިސްރާއީލުގެ ހަރުކަށި އަސްކަރީ ފިޔަވަޅުތަކުގެ ސަބަބުން އެމެރިކާގެ ލީޑަޝިޕްގެ ނުރުހުން އިސްރާއީލަށް އަމާޒުވަމުންދާ ކަމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *