ވޯލްޑް ކަޕަށް ދިޔަ އެފްރިކާގެ އެންމެމޮޅު ރެފްރީ އެމެރިކާއަށް އެތެރެވިޔަނުދީ ފޮނުވާލައިފި

ވޯލްޑް ކަޕަށް ދިޔަ އެފްރިކާގެ އެންމެމޮޅު ރެފްރީ އެމެރިކާއަށް އެތެރެވިޔަނުދީ ފޮނުވާލައިފި

އަންނަ ބުރާސްފަތި ދުވަހު ފެށޭ ފީފާ ވޯލްޑް ކަޕަށް ހޮވިފައިވާ ސޯމާލިޔާގެ ރެފްރީ، އުމަރު އަރްތާން، އެމެރިކާއަށް ވަނުން މަނާކޮށް، މަޔާމީ އިންޓަނޭޝަނަލް އެއާޕޯޓުން އަނބުރާ ފޮނުވާލައިފި އެވެ.

މި ވަގުތު ތުރުކީގައި ހުރި އަރްތާން، ވަނުން މަނާކުރި ސަބަބެއް ރަސްމީކޮށް ހާމަކޮށްފައި ނުވި ނަމަވެސް، ސޯމާލިޔާއަކީ ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، އެމެރިކާއަށް ވަނުން މަނާ ގައުމުތަކުގެ ލިސްޓުގައި ހިމެނޭ ގައުމެކެވެ.

އަރްތާންއަކީ ކޮންފެޑަރޭޝަންސް އޮފް އެފްރިކަން ފުޓްބޯލް، ސީއޭއެފްގެ 2025 ވަނަ އަހަރުގެ އެންމެ މޮޅު ރެފްރީގެ މަގާމު ހޯދާފައިވާ ތަޖުރިބާކާރު ރެފްރީ އެކެވެ. 2018 ވަނަ އަހަރު ފީފާ ބެޖް ހޯދި ފަހުން، އޭނާ ވަނީ އެފްރިކަން ކަޕް އޮފް ނޭޝަންސްގައިވެސް ރެފްރީކަން ކޮށްފަ އެވެ. އަރްތާން އަކީ މި ފަހަރުގެ ފީފާ ވާރލްޑް ކަޕްގެ މެޗުތަކުގައި ރެފްރީކަން ކުރާ 52 ރެފްރީންގެ ތެރޭގައި ހިމެނޭ ރެފްރީ އެކެވެ.

ޖޫން 11 އިން ޖުލައި 19 އަށް، އެމެރިކާ، މެކްސިކޯ، އަދި ކެނެޑާގައި ބާއްވާ ވޯލްޑް ކަޕްގެ ހުރިހާ ބައިވެރިންނާއި އޮފިޝަލުންނާ ހަމަހަމަ އަދި އިންސާފުވެރިކޮށް ކަންކުރުމަށް ފީފާގެ ގައިޑްލައިންގައި ވަނިކޮށް ވެސް، މި ފަހަރުގެ މުބާރާތުގައި ގިނަ ކަންތައްތަކެއް ދިޔައީ ގައިޑްލައިނާ ހިލާފަށް ކަމަށް ފާހަގަ ކުރެވެ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *