ދޮންދަރިޔާ ބެހުނު ދޮންބައްޕަގެ މައްސަލަ ރަށު ކޯޓުން ނިންމީ ނުބެލޭނެ ކަމަށް، މައްސަލަ ބަލަން ހައިކޯޓުން އަންގައިފި

ދޮންދަރިޔާ ބެހުނު ދޮންބައްޕަގެ މައްސަލަ ރަށު ކޯޓުން ނިންމީ ނުބެލޭނެ ކަމަށް، މައްސަލަ ބަލަން ހައިކޯޓުން އަންގައިފި

ރަށެއްގައި ދޮން ބައްޕައަކު އޭނާގެ އަންހެން ދޮންދަރިފުޅާ ބެހުނު މައްސަލައިގެ ދައުވާއެއް ނުބެލޭނެ ކަމަށް އެ ރަށުގެ މެޖިސްޓްރޭޓް ކޯޓުން ނިންމުމުން، އެ ނިންމުން ބާތިލްކޮށް އެ މައްސަލަ އަލުން ބަލަން ހައިކޯޓުން މެޖިސްޓްރޭޓް ކޯޓަށް އަންގައިފިއެވެ.

މިއީ އެކި ދުވަސް މަތިން އެމީހާގެ ދޮން ދަރިއާ، ކުއްޖާގެ ދޮން ބައްޕަ ބެހިފައި ވާތީ، ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލު ތަކަކަށް އަމަލު ކުރުމުގެ ގާނޫނު ގެ ދަށުން ކުޑަކުއްޖަކު އިތުބާރު ކުރަންޖެހޭ މަގާމެއްގައި ހުރި މީހަކ،ު އެ ކުޑަ ކުއްޖާއާއެކު، ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އެ ކުއްޖާގެ ދޮން ބައްޕަގެ މައްޗަށް ކޮށްފައިވާ މައްސަލައެކެވެ.

އެ ރަށުގެ މެޖިސްޓްރޭޓް ކޯޓުނުް މި މައްސަލަ ނިންމީ، ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުނ،ް އެ މީހާގެ މައްޗަށް އުފުލާފައިވާ ދައުވާގެ މައްސަލައަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާން ކޮށްފައިވާ ތަހްގީގު ކުރުމުގެ މުއްދަތު ފާއިތުވި ފަހުނ،ް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ބަލައިގެން ދައުވާ ކޮށްފައިވާ މައްސަލައެއް ކަމަށްބުނެ ކުޑަ ކުއްޖަކު އިތުބާރު ކުރަންޖެހޭ މަގާމެއްގައި ހުރިމީހަކ،ު އެ ކުޑަ ކުއްޖާއާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާއަކ،ީ މައުލޫއީ ގޮތުން ބެލޭނެ ދައުވާއެއް ނޫން ކަމަށެވެ. އަދި ދައުވާ ފޯމު ބާތިލްވެސް ކުރިއެވެ. އޭގެ އިތުރުން ކޯޓު އަމުރުގެ ދަށުން ޝަރީއަތް ނިމެންދެން ބަންދުގައި ހުރި ދޮންބައްޕަ ވަގުތުން މިނިވަންކޮށް ދޫކޮށްލުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މައްޗަށް އަންގައި އަމުރުވެސް ކުރިއެވެ.

ނަމަވެސް އެ މައްސަލައިގައި މެޖިސްޓްރޭޓް ކޯޓުން ނިންމި ނިންމުމަކީ ޝަރުއީ އަދި ގާނޫނީ ހަމަތަކާ އެއްގޮތް ނިންމުމެއް ނޫން ކަމަށް ބުނެ އެ މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން ބުނީ މެޖިސްޓްރޭޓް ކޯޓުގެ އެ ނިންމުމަކީ، ޖިނާއި އިޖުރާއަތުގެ ގާނޫނާއި ގާނޫނުއަސާސީއާ ހިލާފް ނިންމުމެއް ކަމަށެވެ.

މި މައްސަލަ ހައިކޯޓުން ބެލުމަށްފަހު، އިއްޔެ ހުކުމް ކުރީ، މި ދައުވާއަކީ މައުލޫއީގޮތުން ބެލޭނެ ދައުވާއެއް ނޫން ކަަމަށް މެޖިސްޓްރޭޓް ކޯޓުން ކަނޑައަޅާފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފަށް ކަމަށްވާތީ، މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ ހުކުމް ބާތިލްކޮށް، ދޮން ބައްޕަގެ މައްޗަށް ދައުލަތުން އުފުލާފައިވާ ކުޑަކުއްޖަކު އިތުބާރު ކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު އެ ކުޑަކުއްޖާއާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އަލުން ބަލައި ގޮތެއް ކަނޑައެޅުމަށް އެ މައްސަލަ މެޖިސްޓްރޭޓް ކޯޓަށް ތަހުވީލު ކުރާ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *