މިފްކޯއިން މަސް ގަންނަ އަގު ބޮޑުކޮށްފި

މިފްކޯއިން މަސް ގަންނަ އަގު ބޮޑުކޮށްފި

ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިން މަސްވެރިންގެ އަތުން މަސް ގަންނަ އަގު ބޮޑުކޮށްފިއެވެ.

އެ ކުންފުނިން ބުނި ގޮތުގައި، މިފްކޯއިން މިހާރު މަސް ގަންނަނީ، 18.50 ރުފިޔާ އަށެވެ. މިފްކޯއިން ބުނީ، ފެލިވަރު، ކޫއްޑޫ އަދި އައްޑޫގައި ގާއިމުކޮށްފައިވާ ކާރުހާނާތަކުގެ އިތުރުން ގދ. ތިނަދޫ، ފަރެސްމާތޮޑާ، ގައްދޫ އަދި އިހަވަންދޫ އާއި ފުވައްމުލަކު ސިޓީގެ ބަނދަރުން މިއަދު 18.50 ރުފިޔާ އަށް މަސް ގަންނާނެ ކަމަށެވެ.

މަހުގެ އަގު 20 ރުފިޔާ އަށް ބޮޑުކުރުމަކީ ސަރުކާރުގެ އަމާޒެކެެވެ. ސަރުކާރުން އަންނަނީ މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ. އެގޮތުން މަސްވެރިންނަށް ބޭންކު ތަކުން ލޯނު ލިބޭނެ އިންތިޒާމުތައް ހަމަޖައްސައި ކެޕޭސިޓީ އިތުރުކުރުމާއެކު މަސްވެރިންނަށް މިހާރު ގަވައިދުން ފައިސާ އަންނަނީ ދެމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *