މަހަށް ގޮސް އުޅެނިކޮށް ގެއްލިގެން ހޯދި މީހަކު މޫދު އަޑީގައި މަރުވެފައި އޮއްވައި ފެނިއްޖެ

މަހަށް ގޮސް އުޅެނިކޮށް ގެއްލިގެން ހޯދި މީހަކު މޫދު އަޑީގައި މަރުވެފައި އޮއްވައި ފެނިއްޖެ

މަހަށް ގޮސް އުޅެނިކޮށް ގެއްލިގެން ހޯދި މީހަކު މޫދު އަޑީގައި މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުން މިއަދު ބުނީ މަސްދޯންޏެއްގައި މަހަށް ގޮސް އުޅުނު މީހަކު ގެއްލިފައިވާ ކަމުގެ މައުލޫމާތު މިއަދު ފަތިހު 5:40 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އޭނާ ހޯދުމަށް ކުރި މަސައްކަތުން، މޫދު އަޑީގައި އޮއްވައި ފެނިގެން މިހާރު ވަނީ ގދ. ގައްދުއަށް ގެންގޮސްފައި ކަމަށާއި އެ މީހާ ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް އެ ސެންޓަރާ ހަވާލާދީ ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މަރުވެފައިވަނީ އޭޝިޔާ /ގދ.ގައްދޫ، އިސްހާގު ރަޝީދު (44އ) ކަމަށެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *