ޗެއާޕާސަން އިންތިހާބުގައި ވާދަ ނުކުރަން ނިންމައި، ވާޑުގެ ތާއީދު މީކާއީލަށް

ޗެއާޕާސަން އިންތިހާބުގައި ވާދަ ނުކުރަން ނިންމައި، ވާޑުގެ ތާއީދު މީކާއީލަށް

ކުރިއަށް އޮތް އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުން ފެޔަށް ޖެހިވަޑައިގެން، އިބްރާހިމް މުހައްމަދު (ވާޑު)، މީކާއީލް އަހުމަދު ނަސީމަށް ތާއީދު ކުރައްވާ ކަން ހާމަ ކުރައްވައިފިއެވެ. ވާޑު ވިދާޅުވީ ޕާޓީގެ ލީޑާޝިޕަށް މިހާރު ބޭނުންވަނީ ޒުވާން ލޭ ކަމަށެވެ.

ވާޑު އިންތިހާބުން ފެޔަށް ޖެހިވަޑައިގަތުމާއެކު، ދެން މި މަގާމަށް ވާދަކުރައްވާނީ މީކާއީލްގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. މި ދެބޭފުޅުންގެ ދެމެދުގައި އިންތިހާބުގެ ވާދަވެރިކަން ވަނީ ވަރަށް ބޮޑަށް އުފެދިފައެވެ. ނަޝީދުގެ ކެމްޕޭނުގައި އިސްކޮށް ހަރަކާތްތެރިވާ މީހުންނާއި މީކާއީލްގެ ކެމްޕޭން ޓީމުގެ އިސްބޭފުޅުންނާ ދެމެދު ބަހުގެ ހޫނު ހަމަލާތައް ވެސް ދަނީ ބަދަލުކުރަމުންނެވެ.

ކެމްޕޭނުގައި މީކާއީލްގެ ފަހަތްޕުޅުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވަނީ ކުުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެ މަނިކުފާނުގެ އަރިސް ބޭފުޅުންނެވެ. ރައީސް ނަޝީދުގެ ކެމްޕޭނުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވަނީ ޕާޓީގެ ކުުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލެވެ.

ފާހަގަކޮށްލަންޖެހޭ ކަމަކީ އެމްޑީޕީގެ އެންމެ ނުފޫޒުގަދަ އެއް ލީޑަރު އަދި އެޕާޓީގެ ރައީސް ޟާހިދު ވަނީ އެއްވެސް ފަރާތަކަށް ތާއީދު ނުދެއްވާ ކަމަށާއި އިންތިހާބުގައި ވަކިކޮޅަކަށް ބުރަވެވަޑައިނުގަންނަވާނެކަމަށް ވިދާޅުވެފައެވެ. ޝާހިދު ވިދާޅުވިގޮތުގައި ޕާޓީގެ ރައީސްގެ ގޮތުގައި ހުންނަވައިގެން އެފަދަ ގޮތަކަށް އަމަލުކުރެއްވުމަކީ ރަނގަޅުގޮތެއް ނޫނެވެ.

ފަސް އަހަރުުގެ ދައުރަކަށް އިންތިހާބުުކުުރާ ޗެއާޕާސަންއަކީ، ޕާޓީގެ އަސާސީ ގަވާއިދުުގެ ދަށުުން، ޕާޓީގެ ހުރިހާ ކަމެއް ރާވައި ހިންގުމުގެ އެންމެ އިސް ފަރާތެވެ. ސަރުކާރާ މުުއާމަލާތްތައް ހިންގުމާއި، އިންތިހާބުުތައް އިންތިޒާމު ކުުރުމާއި، ޕާޓީގެ އިދާރީ ކަންތައްތައް ބެލެހެއްޓުން ހިމެނެނީ ޗެއާޕާސަންގެ ޒިންމާތަކުގެ ތެރޭގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *