ރާއްޖޭގެ ފުޓްބޯޅައަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ކުރިއަށްދާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތުގައި ޕާކިސްތާން އަތުން 3-0 އިން ބަލިވެ، ބާކީ މެޗެއް އޮއްވައި ރާއްޖެ މުބާރާތުން ކަޓައިފިއެވެ. ކުޅުނު ދެ މެޗުން ވެސް ބަލިވެ ރާއްޖެ ވަނީ ޕޮއިންޓެއް ހޯދުމަށް ނާކާމިޔާބުވެފައެވެ.
ފުރަތަމަ ހާފު ދެ ޓީމަށް ވެސް ރަނގަޅު ފުުރުސަތެއް ތަނަވަސްނުވެ ނިމުނެވެ. ދެ ވަނަ ހާފުގެ ކުރީކޮޅު ރާއްޖޭން ގިނަ ފުުރުސަތު ތަނަވަސްކުރި ނަމަވެސް، 53 ވަނަ މިނިޓްގައި ޕާކިސްތާންގެ އުމަރު ނަވާޒް ފުުރަތަމަ ގޯލު ޖަހައި ލީޑު ނެގިއެވެ. ދެ ވަނަ ލަނޑު 84 ވަނަ މިނިޓްގައި ޖެހީ އަބްދުުލް ސަމަދު ޝަހިޒާދެވެ. ތިން ވަނަ ލަނޑު ހަތަރު މިނިޓް ފަހުން ޖެހީ ބަދަލަކަށް ކުުރިއަށް ނިކުތް ހާރޫން ހާމިދެވެ.
މިއީ ރާއްޖޭގައި ކުުރިއަށްދިޔަ ކުުރިމަތިލުމެއްގައި ޕާކިސްތާނަށް ލިބުުނު ފުުރަތަމަ މޮޅެވެ. އަދި 1991 ވަނަ އަހަރުުގެ ސާފް ގޭމްސްގެ ފަހުުން، 35 އަހަރު ފަހުުން ރާއްޖެ އަތުުން ޕާކިސްތާނަށް ލިބުުނު ފުުރަތަމަ މޮޅެވެ. ރާއްޖެ ވަނީ 2008 ވަނަ އަހަރުުގެ ސާފް ޗެމްޕިއަންޝިޕްގައި 3-0 އިން ޕާކިސްތާން ބަލިކޮށްފައެވެ.
ހަތަރު ގައުމުގެ މެދުގައި ކުޅޭ ޑައިމަންޑް ޖުބިލީ މުބާރާތުގެ ފޯމެޓް އޮތްގޮތުން ފައިނަލުގެ ޖާގަ ލިބެނީ އެންމެ ރަނގަޅު ނަތީޖާ ނެރޭ ދެ ޓީމަކަށެވެ. އެ ގޮތުން، މި ވަގުތު ދެ މެޗުން ހަތަރު ޕޮއިންޓާ އެކު ޕާކިސްތާން އެއް ވަނައިގައި އޮތްއިރު، ދެ ވަނައިގައި އޮތް އަފްގާނިސްތާނަށް އެއް މެޗުން ތިން ޕޮއިންޓް ވަނީ ލިބިފަ އެވެ. ތިން ވަނައިގައި އޮތް ބަންގްލަދޭޝަށް އެއް މެޗުން އެއް ޕޮއިންޓް އަދި، ފުލުގައި އޮތް ރާއްޖެ އަށް ދެ މެޗުން ޕޮއިންޓެއް ނުލިބެ އެވެ.





