މާލެ އާއި ތިލަފުށި ގުޅާލުމަށް އަޅަމުންދާ ބްރިޖުގެ މަސައްކަތް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވަމުން ގެންދަވާތީ ބަޔަކު އެ މަނިކުފާނަށް ހަސަދަވެރިވަމުންދާ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު (އިއްބެ ޖަނާބް) ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާ ޕޯސްޓެއްގައި، އޭނާ ވިދާޅުވީ ރައީސް މުއިއްޒާ ދެކޮޅަށް އިނދިކޮޅު ފަރާތްތަކުން ޒާތީ ގޮތުން ޖައްސާލައިގެން އުޅޭ އަސްލު ސަބަބަކީ، ރާއްޖޭގެ ބޮޑެތި ދަރަނިތައް ދައްކަވަމުން ކުރިއަށް އޮތް ޖީލުތަކަށް އިގްތިސާދީ މިނިވަންކަން ހޯއްދަވައި ދެއްވަމުން ގެންދަވާތީ ކަމަށެވެ.
ހާއްސަކޮށް، ކުރީ ސަރުކާރުން ފަށާފައިވާ ބްރިޖު މަޝްރޫއު މި ސަރުކާރުން ހަލުވިކަމާއެކު ކުރިއަށް ގެންގޮސް ނިންމާލައްވާ ކަމަކީ، ބައެއް ފަރާތްތަކަށް ކެތްކުރަން ދަތި ކަމަކަށް ވެފައިވާ ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވިއެވެ. ބްރިޖު ނިންމަން ބާކީ ހުރީ "ޗޮކްލެޓް ބާ އެއްވަރުގެ" ކުޑަ ތަންކޮޅެއް ކަމަށް ވިދާޅުވެ، ނިންމުމާ ވަރަށް ގާތްވެފައިވާކަންވެސް ހާމަ ކުރެއްވިއެވެ.





