އަޅުގަނޑު ވެރިކަން ބޭނުމެއް ނޫން، އެކަމަކު ދައުލަތުގެ ވެރިޔަކަށް ވާން ބޭނުން: ނަޝީދު

އަޅުގަނޑު ވެރިކަން ބޭނުމެއް ނޫން، އެކަމަކު ދައުލަތުގެ ވެރިޔަކަށް ވާން ބޭނުން: ނަޝީދު

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު، ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަނުކުރައްވާނެ ކަމަށް ވިދާޅުވެއްޖެއެވެ.

ޗެއާޕާސަން ކެމްޕެއިނަށް ށ. ފޭދޫ ވަޑައިގެން ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، ރައީސްކަމާއި މަޖިލިސް ރައީސްކަމާއި ބައިނަލްއަގުވާމީ ޖަމާއަތެއްގެ ސެކްރެޓަރީ ޖެނެރަލްކަންވެސް ކުރެވިއްޖެ ކަމަށެވެ.

ނަޝީދު ވިދާޅުވީ ދެން ބޭނުން ވަނީ ހަގު ޖީލަށް ފުރުސަތު ދެއްވައި، ފައްޔާޒް ފަދަ ބޭފުޅުންނާއެކު މުގުލުގައި ހުންނެވުމަށް ކަމަށެވެ. ނަމަވެސް ނަޝީދުގެ ސަޕޯޓަރުން ދަނީ، އެ މަނިކުފާނު ރިޔާސީ އިންތިހާބަށް ވަޑައިގެންނެވުމަށް ބާރު އަޅަމުންނެވެ.

ނަޝީދާއި ފައްޔާޒް ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ބަދަލު ގެނައުމަށް "ބޮޑު ބަދަލު" ގެ ނަމުގައި ހުށަހެޅުމެއް ހުށަހަޅުއްވާފައެވެ. އެ ހުށަހެޅުމުގައި ވަނީ ސަރުކާރު ހިންގާ ވެރިޔާ ރައްޔިތުންގެ ސީދާ ވޯޓުން އިންތިހާބުކޮށް، ދައުލަތުގެ ވެރިޔާ މަޖިލީހާއި ކައުންސިލަރުންގެ ވޯޓުން ހޮވާ ގޮތަށް ނިޒާމު ބަދަލުކުރާށެވެ. ނަޝީދު ވަނީ ހުށަހެޅުމަށް ތާއީދު ލިބިއްޖެ ނަމަ،  ދައުލަތުގެ ވެރިޔަކަށް ވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.

ރިޔާސީ ޕްރައިމަރީ ބޭއްވޭނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ ތެރޭގައެވެ. ފައްޔާޒްގެ އިތުރުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދުވެސް ޕްރައިމަރީގައި ވާދަ ކުރައްވާނެ ކަމަށް ބެލެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *