ދައުލަތަށް ކުންފުނިތަކުން ލިބޭ ޑިވިޑެންޑް އާމްދަނީއަށް ބޮޑު ހީނަރުކަމެއް: މިހާތަނަށް ލިބުނީ 160 މިލިއަން ރުފިޔާ

ދައުލަތަށް ކުންފުނިތަކުން ލިބޭ ޑިވިޑެންޑް އާމްދަނީއަށް ބޮޑު ހީނަރުކަމެއް: މިހާތަނަށް ލިބުނީ 160 މިލިއަން ރުފިޔާ

ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދައުލަތަށް ދައްކަންޖެހޭ ފައިދާގެ ހިއްސާ ނުވަތަ ޑިވިޑެންޑްގެ ގޮތުގައި ލިބޭ އާމްދަނީ މި އަހަރު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާކަން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.

މި އަހަރުގެ މިހާތަނަށް ދައުލަތުގެ ބަޖެޓަށް ކުންފުނިތަކުގެ ފައިދާއިން ވަދެފައިވަނީ 160 މިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 258 މިލިއަން ރުފިޔާއާ އަޅާބަލާއިރު 36 އިންސައްތައިގެ ބޮޑު ދަށްވުމެކެވެ. މިއަހަރުގެ ބަޖެޓުގައި ޑިވިޑެންޑްގެ ގޮތުގައި 552 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވީ ނަމަވެސް، އަހަރުގެ ބޮޑުބައި ފާއިތުވެގެންދާއިރު ލިބިފައިވަނީ އަމާޒު ހިފާފައިވާ އަދަދުގެ އެންމެ 30 އިންސައްތައެވެ.

ކުންފުނިތަކުން ލިބޭ އާމްދަނީ ދަށްވާން ދިމާވި މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ކުންފުނިތަކުގެ ޖުމްލަ ފައިދާ ދަށްވުމެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، 2022 ވަނަ އަހަރު 1.1 ބިލިއަން ރުފިޔާ ޑިވިޑެންޑްގެ ގޮތުގައި ލިބުނު ނަމަވެސް، 2023 ވަނަ އަހަރު އެ އަދަދު ވަނީ 823 މިލިއަނަށް ދަށްވެފައެވެ. މި އަހަރުގެ ހިސާބުތަކުން ދައްކަނީ މިދިޔަ އަހަރަށްވުރެވެސް 70 އިންސައްތަ ދަށް އަދަދެކެވެ.ދައުލަތުގެ ބަޖެޓަށް މި އަހަރު ޑިވިޑެންޑް ލިބޭނެ ކަމަށް ބަލާފައިވަނީ ސަރުކާރު ހިއްސާވާ 30 ކުންފުނީގެ ތެރެއިން އެންމެ 6 ކުންފުންޏަކުންނެވެ.

އެއީ:

ދިރާގު: 262 މިލިއަން ރުފިޔާ

ބީއެމްއެލް: 154 މިލިއަން ރުފިޔާ

އެމްއޭސީއެލް: 50 މިލިއަން ރުފިޔާ

އެމްޑަބްލިއުއެސްސީ: 30 މިލިއަން ރުފިޔާ

އެޗްޑީސީ: 20 މިލިއަން ރުފިޔާ

އެމްޕީއެލް: 12 މިލިއަން ރުފިޔާ

މީގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ ދިރާގުންނެވެ. ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ އަހަރު ދައުލަތަށް ޑިވިޑެންޑް ދީފައިވަނީ ހަމައެކަނި ދިރާގު، ބީއެމްއެލް އަދި އެޗްޑީސީންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *