ތައިލެންޑްގެ ވިސާ މައްސަލަ ހައްލުކުރަން ސަރުކާރުން މަސައްކަތްކުރަނީ

ތައިލެންޑްގެ ވިސާ މައްސަލަ ހައްލުކުރަން ސަރުކާރުން މަސައްކަތްކުރަނީ

ތައިލެންޑްގެ ވިސާގެ މައްސަލަ ހައްލުކުރުމަށް ފޮރިން މިނިސްޓްރީ އަދި އެއަށްވުރެ މަތިންވެސް މަޝްވަރާކުރަމުން އަންނަ ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

މުންދު މިހެން ވިދާޅުވީ، "ޕްރެސަރ ވިތު ދަ ސްޕޮކްސް" ސިލްސިލާގެ ދަށުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ހިއްސާކުރައްވަމުންނެވެ.

އެގޮތުން އެ ބައްދަލުވުމުގައި ތައިލެންޑް ވިސާގެ މުއްދަތު އިތުރުކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭގޮތުން ކުރި ސުވާލަށް ޖަވާބު ދެމުން މުންދު ވިދާޅުވީ ތައިލެންޑްގެ ވިސާ މައްސަލަ ހައްލުކުރުމަށް މަޝްވަރާކުރަމުން އަންނަ ކަމަށެވެ.

" ސަރުކާރުގަ ހަމަ ފޮރިން މިނިސްޓްރީއާ އެއަށްވުރެވެސް މަތިން އެބަހަމަ މަސައްކަތްކުރަން.އެއީ މިހާރު 15 ދުވަސް ލިބެނީ އަނެއްކާ އަޅުގަނޑުމެންގެ ދިވެހިންނަކީ ވަރަށް މަގުބޫލުކަމާއެކު ތައިލެންޑަށް ޒިޔާރަތްކުރާ ބޭފުޅުން.އަދި އޭގެ ތެރޭގަ އަޅުގަނޑުމެން މި ދަންނަވަނީ އެއްކަމަށް 15 ދުވަހެއް ނުފުދެއޭ."

އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް(މުންދު)

މިހާރު ވިސާއާ ނުލައި ދިވެހީންނަށް ތައިލެންޑުގައި ތިބެވޭ މުއްދަތު 15 ދުވަހަށް ކުޑަކޮށްފައިވާކަން ފާހަގަކުރައްވާ މުންދު ވިދާޅުވީ ދިވެހިންނަކީ ވަރަށް މަގުބޫލުކަމާއެކު ތައިލެންޑަށް ޒިޔާރަތްކުރާ ބައެއް ކަމަށެވެ.

އެގޮތުން އެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ތެރޭގައި 15 ދުވަހުގެ މުއްދަތު ނުފުދޭކަމަށާއި ދުވަސް އިތުރުކުރުމަށް އެދޭ ކަމަށް މުންދު ވިދާޅުވިއެވެ.

އަދި ދެވަނަކަމަކަށް ދިވެހިން ދަތުރުކުރާ ފްރިކުއެންސީ ހިއްސާކޮށްފައިވާ ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.

މީގެ އިތުރުން ތަރުޖަމާނު ވިދާޅުވީ ސަރުކާރުން އެފަދަ ލުއިތަކެއް ހޯދުމަށް ތައިލެންޑާއި ސްރީލަންކާގެ ސަރުކާރާއެކު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

93 ގައުމަކަށް މިހާރު ދެމުންދާ 60 ދުވަހުގެ ވިސާ-ފްރީ އުސޫލު ނިމުމަކަށް ގެނެސް، އައު އުސޫލެއްގެ ދަށުން ވިސާގެ ކަންކަން ތަރުތީބުކުރުމަށް ތައިލެންޑްގެ ކެބިނެޓުން ނިންމީ 19 މެއި 2026 ގައެވެ.

މި އިސްލާހުގެ ދަށުން، އެކި ގައުމުތަކަށް ވިސާ ނެތި ތައިލެންޑްގައި މަޑުކުރެވޭނެ މުއްދަތުތަކަށް ބަދަލުތަކެއް އަންނާނެއެވެ.

މިގޮތުން ގެނެވޭ މައިގަނޑު ބަދަލުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނޭހެން 15 ދުވަހުގެ ވިސާ އެގްޒެމްޕްޝަންއައު އުސޫލުގެ ދަށުން، ދިވެހިރާއްޖެ، މޮރިޝަސް، އަދި ސީޝެލްސްގެ ރައްޔިތުންނަށް ތައިލެންޑަށް އެތެރެވުމަށްފަހު ވިސާއާ ނުލައި މަޑުކުރެވޭނީ 15 ދުވަހުގެ މުއްދަތަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *