މީހަކު ކިޑްނެޕްކޮށްގެން ހައްޔަރުކުރި މީހުން ޝަރީއަތް ނިމެންދެން ބަންދަށް

މީހަކު ކިޑްނެޕްކޮށްގެން ހައްޔަރުކުރި މީހުން ޝަރީއަތް ނިމެންދެން ބަންދަށް

ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ތަނެއްގެ ތެރޭގައި ބިދޭސީއަކު ރަހީނުކޮށް، އަނިޔާކުރި މައްސަލައެއްގައި ހައްޔަރުކުރި މީހުންގެ ތެރެއިން ހަތަރު މީހަކު އެ މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކުރިމިނަލް ކޯޓުން އިއްޔެ އަމުރު ކޮށްފިއެވެ.

ފުލުހުން ބުނީ ހުޅުމާލޭގައި މީހަކު ރަހީނުކޮށް، ބަންދު ކޮށްގެން ގެންގުޅޭ ކަމުގެ ރިޕޯޓެއް  ހުށަހެޅުމުން މިދިޔަ މާޗް މަހު އެ މީހާ ހޯދަމުން ދަނިކޮށް ފެނުނީ ވިލިމާލެއިން ކަމަށެވެ. އަދި އެ މީހާ ސަލާމަތްކޮށް، ޑޮކްޓަރަށް ދެއްކުމަށްފަހު ވަނީ މިހާރު ދޫކޮށްލާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.'

އެ މައްސަލައާ ގުޅިގެން ބަންގްލަދޭޝް އަށް ނިސްބަތްވާ ފަސް މީހަކު ފުލުހުން ހައްޔަރު ކުރިއެވެ.

އެ މީހުންނަކީ، އެމްޑީ ހޮސައިން، (30އ) އެމްޑީ މެހެދި ހަސަން، (34އ) އެމްޑީ ޝާ އަލަމް، (39އ) ސާފިފް ހަސަން، (38އ) ރަސަލް، (20އ) އެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ހުށަހަޅައިގެން އެކި ދުވަސް މަތިން މި މީހުންގެ ބަންދުގެ މުއްދަތު އިތުރު ކުރަމުން އައިސް، މި ފަސް މީހުންގެ ތެރެއިން އެމްޑީ ހޮސައިން ފިޔަވައި ދެން ތިބި ހަތަރު މީހުން، މި މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުގއި ބައިތިއްބުމަށް ކުރިމިނަލް ކޯޓުން އިއްޔެ ވަނީ އަމުރު ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *