އީދު ބަންދާ ދިމާކޮށް ރައީސް ސިންގަޕޫރަށް ފުރާވަޑައިގަންނަވަނީ

އީދު ބަންދާ ދިމާކޮށް ރައީސް ސިންގަޕޫރަށް ފުރާވަޑައިގަންނަވަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒު ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.

ރައީސް ސިންގަޕޫރަށް މިރޭ ފުރާވަޑައިގެންނެވިކަން ރައީސް އޮފީހުން ކަށަވަރުކޮށްދިން ނަމަވެސް، އެ ދަތުރުފުޅުގެ ތަފްސީލެއް ދީފައެއް ނުވެއެވެ.

ދަތުރުފުޅުގައި ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ބައިވެރިވެވަޑައިގަންނަވާ ކަމެއް ވެސް ކަށަވަރެއް ނުވެއެވެ. ވެރިކަމަށް ވަޑައިގެންނެވި ފަހުން ސިންގަޕޫރަށް ރައީސް ކުރެއްވި ދަތުރުފުޅުގައި މެޑަމް ސާޖިދާ ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސްކަމުގެ ހުވާކުރެއްވި ފަހުން ރައީސް އެންމެ ގިނައިން ވަޑައިގެންނެވި ގައުމަކީ ސިންގަޕޫރެވެ. އެގޮތުން އެ މަނިކުފާނު ވަނީ ފަސް ނުރަސްމީ ދަތުރުފުޅަކާއި އެއް ރަސްމީ ދަތުރުފުޅު ކުރައްވައިފައެވެ.

މިއީ މިއަހަރުގެ ތެރޭގައި ސިންގަޕޫރަށް ރައީސް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. މިދިޔަ އަހަރު ރައީސް ވަނީ ތިން ފަހަރެއްގެ މަތިން ސިންގަޕޫރަށް ވަޑައިގެންފައެވެ. އެއީ މިދިޔަ އަހަރުގެ ޖޫން މަހުގެ 29 ގައި ކުރެއްވި ރަސްމީ ދަތުރުފުޅާއި މިދިޔަ ޖުލައި 31 ގައި ކުރެއްވި ނުރަސްމީ ދަތުރުފުޅު އަދި އާ އަހަރާ ދިމާކޮށް މިދިޔަ އަހަރުގެ ޑިސެމްބަރު 27 ގައި ކުރެއްވި ދަތުރުފުޅެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *