މާދަމާއިން ފެށިގެން ހުކުރު ދުވަހާ ހަމައަށް ކަނޑުތައް ގަދަވާނެ: މެޓް އޮފީސް

މާދަމާއިން ފެށިގެން ހުކުރު ދުވަހާ ހަމައަށް ކަނޑުތައް ގަދަވާނެ: މެޓް އޮފީސް

އަޟްހާ އީދާ ދިމާކޮށް ގިނަ ބަޔަކު ރަށްރަށަށް ދަތުރު ކުރަމުންދާ މި ދަނޑިވަޅުގައި، މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ކަނޑުދަތުރު ކުރާ ފަރާތްތަކަށް މުހިންމު އިންޒާރެއް ދީފައެވެ.

އެ އިދާރާއިން ހާމަ ކޮށްފައިވާ ގޮތުގައި، ހޯމަ ދުވަހުން ފެށިގެން ހުކުރު ދުވަހާ ހަމައަށް ހުރިހާ ސަރަހައްދެއްގެ ކަނޑުތައް ގަދަވެ، ވައި ބާރުވާނެ ކަމަށް ލަފާ ކުރެވެއެވެ. ރާޅުގެ އުސްމިން 3 އިން 6 ފޫޓާ ދެމެދުގައި ހުންނާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް ބުނެފައިވެއެވެ.

މޫސުމީ ގޮތުން ބަލާއިރު، ބުދަ ދުވަހުވެސް މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް އެ އިދާރާއިން ވަނީ ހާމަ ކޮށްފައެވެ. ހާއްސަކޮށް މެދު ރާއްޖެތެރެ އާއި އުތުރަށް ވާރޭ ވެހުމުގެ ފުރުސަތު ބޮޑު ކަމަށާއި، ދެކުނުގެ ސަރަހައްދަށް ކޮންމެވެސް ވަރަކަށް މޫސުން ރަނގަޅު ވެދާނެ ކަމަށް ބެލެވޭ ކަމަށްވެސް ބުނެފައިވެއެވެ.

27 މެއި 2026 ވާ ބުދަ ދުވަހަކީ މި އަހަރުގެ އަޟްހާ އީދު ދުވަސް ކަމަށް ވުމާ ގުޅިގެން، ސަރުކާރުން ވަނީ ހަފްތާ އެއްކޮށް ބަންދު ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *