ރައީސް ޑރ. މުހައްމަދު މުއިއްޒު، ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރު ކަމަށް ދަފްތަރު ނަންބަރު ރސ 535، އަލީ ނަސީރު ގާސިމް މިއަދު އައްޔަން ކުރައްވައިފިއެވެ.
އަލީ ނަސީރު މި މަގާމަށް އައްޔަންކުރެއްވީ، ރައީސް އައްޔަންކުރައްވާ މެންބަރެއްގެ ހައިސިއްޔަތުންނެވެ.
ޖޭއެސްސީގައި ރައީސުލްޖުމްހޫރިއްޔާ ތަމްސީލުކުރައްވާ މެންބަރު ކަމުގެ މަގާމު ހުސްވެފައިވަނީ ކުރީން އެ މަގާމުގައި ހުންނެވި ޔަޒުމީދު މުހައްމަދު ކޮމިޝަނުން އިސްތިއުފާ ދެއްވުމުންނެވެ.
އަލީ ނަސީރު މީގެ ކުރިން މަސައްކަތްކުރެއްވީ ފުލުހުންގެ އިންޓެލްގަ އެވެ. މި މަގާމަށް އައްޔަންކުރުމުގެ ކުރިން ހުންނެވީ ޕޮލިސް ބޯޑުގެ މެންބަރުކަމުގައެވެ.
މިއަދު ހެނދުނު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އަލީ ނަސީރު ވަނީ ޖޭއެސްސީގެ މެންބަރުކަމުގެ ހުވާ ކުރައްވައި، ހުވާގެ އިގުރާރުގައި ސޮއިކުރައްވައިފައެވެ.
އަލީ ނަސީރަށް މެންބަރުކަމުގެ ހުވާލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިނެވެ.
މި ރަސްމިއްޔާތުގައި ރައީސް ވަނީ، ޖޭއެސްސީގެ މެންބަރުކަމަށް އައްޔަންކުރެއްވިކަމުގެ ލިޔުން އަލީ ނަސީރާ ހަވާލުކޮށްދެއްވައިފައެވެ.





