މޫސުން ގޯސްވާނެކަމަށް ލަފާކޮށް ނ. އަތޮޅުން ފެށިގެން އދ. އަތޮޅަށް ރީނދޫ ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް) އިން ނެރެފައިވާ މި ސަމާލު ތަންފީޒު ވާނީ މިއަދު ހެނދުނު 6:30 އިން 10:30 އަށެވެ. ސަމާލު ނެރެފައިވަނީ އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް ލަފާކުރެވޭތީ އެވެ.
ކުރިއަށް އޮތް 24 ގަޑިއިރަށް ބަލާއިރު، އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބަށް ގުގުރުމާއެކު ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވެއެވެ. ހުޅަނގުދެކުނާއި ހުޅަނގުން، ވައި ޖެހޭނީ ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައެވެ. ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައި ގަދަވެދާނެ ކަމަށް ވެސް ލަފާކުރެއެވެ.
ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހިފައިވަނީ އއ. ތޮއްޑޫ އަށެވެ. 143.9 މިލިމީޓަރުގެ ވާރެއާ އެކު ތޮއްޑޫ ވަނީ ރެކޯޑް ތޮތްޕެއް ތަޖުރިބާ ކޮށްފަ އެވެ. ދެން އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ނ. މާފަރަށް، 66.9 މިލިމީޓަރެވެ.
ކަނޑު ދަތުރުކުރާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދިނުން ވަރަށް މުހިއްމެވެ. މިއަދު އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެ ކަމަށާއި، ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާކުުރެ އެވެ. ހުކުުރު ދުވަހު ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ކަނޑު ގަދަވާނެ ކަމަށް ވިދާޅުވިއިރު، ހޮނިހިރު ދުވަހުން ފެށިގެން ކަނޑުތައް ދަތުުރުުކުުރެވޭ ވަރަށް މަޑުުވެގެންދާނެ ކަމަށް ވިދާޅުުވި އެވެ.
ޢީދު ބަންދާ ގުޅިގެން ދަތުުރުުފަތުުރުުކުުރާ ފަރާތްތަކަށް ހާއްސަ ދެންނެވުުމެއް ވެސް ވަނީ ނެރެފަ އެވެ. ޢީދު ބަންދު ތެރޭ، ހާއްސަކޮށް 23، 24، 25 ވަނަ ދުވަހު ކަނޑުތައް ދަތުރުުކުުރެވޭ ވަރަށް މަޑުުވި ނަމަވެސް، ޢީދު ތެރޭ އުތުރާއި މެދުުރާއްޖެތެރޭ ރަށްތަކަށް ވައިގަދަވެ ވިއްސާރަ ކުރާނެ ކަމަށް ލަފާ ކުުރެވޭތީ، ދަތުުރުުކުުރައްވާ ފަރާތްތަކުުން ހޭލުުންތެރިވެ ތިއްބެވުުމަށް މެޓް އިދާރާ އިން ވިދާޅުުވެ އެވެ.





