44 އަހަރަށްފަހު އެސްޓަން ވިލާ ޔޫރަޕްގެ ތަށި އުފުލާލައިފި

44 އަހަރަށްފަހު އެސްޓަން ވިލާ ޔޫރަޕްގެ ތަށި އުފުލާލައިފި

ޔޫރަޕްގެ ދެވަނަ އަށް އެންމެ ބޮޑު ކްލަބް ފުޓްބޯޅަ މުބާރާތް ކަމުގައިވާ ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން، ޖަރުމަނުގެ ފްރެއިބަރގް 3-0 އިން ބަލިކޮށް، 30 އަހަރުގެ ދިގު މުއްދަތަކަށްފަހު އެސްޓަން ވިލާ އިން ފުރަތަމަ ފަހަރަށް ތައްޓެއް ހޯދައިފިއެވެ.

ތުރުކީގެ އިސްޓަންބޫލުގެ ބެޝިކްޓާސް ޕާކުގައި ރޭ ކުޅުނު ފައިނަލް މެޗުގައި އެސްޓަން ވިލާ އިން ލީޑު ނެގީ ފުރަތަމަ ހާފުގެ 41 ވަނަ މިނިޓުގައި ޔޫރީ ޓިއެލެމަންސް ކާމިޔާބުކޮށްދިން ލަނޑުންނެވެ. އިންޖަރީ ވަގުތުގައި އެމީ ބުއެންޑިއާ ދެވަނަ ލަނޑު ޖެހިއިރު، ދެވަނަ ހާފުގެ 58 ވަނަ މިނިޓުގައި މޯގަން ރޮޖަރސް ވަނީ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.

މިއީ 1982 ވަނަ އަހަރު ޔޫރަޕިއަން ކަޕް ހޯދުމަށްފަހު 44 އަހަރު ތެރޭ ޔޫރަޕްގެ މުބާރާތެއް އެ ކްލަބުން ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. އެސްޓަން ވިލާ އިން އެންމެ ފަހުން ތައްޓެއް ހޯދާފައިވަނީ 1996 ވަނަ އަހަރުގެ ލީގު ކަޕެވެ.

މީގެ 10 އަހަރު ކުރިން ޕްރިމިއާ ލީގުން ރެލިގޭޓްވި މި ކްލަބުގެ ކޯޗުކަމާ 2022 ވަނަ އަހަރު އުނެއި އެމެރީ ހަވާލުވުމަށްފަހު އޭނާ ވަނީ ޓީމު ޔޫރަޕްގެ ޗެމްޕިއަނުންނަށް ބަދަލުކޮށްލާފައެވެ. ސީޒަނުގެ ފަހު މެޗުގައި އާދީއްތަ ދުވަހު އެސްޓަން ވިލާ ނިކުންނާނީ މެންޗެސްޓަރ ސިޓީ އާ ދެކޮޅަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *