ސިޔާސީ ނަފްރަތާއި ފުރައްސާރަ ދޫކޮށް ތަހުޒީބު ބައެއްގެ ގޮތުގައި ކުރިއަށްދާން ދަސްކުރަންޖެހޭ: ފިރާގު

ސިޔާސީ ނަފްރަތާއި ފުރައްސާރަ ދޫކޮށް ތަހުޒީބު ބައެއްގެ ގޮތުގައި ކުރިއަށްދާން ދަސްކުރަންޖެހޭ: ފިރާގު

ދިވެހި މުޖުތަމައުގައި އޮތް ސިޔާސީ ރުޅިވެރިކަމާއި ފުރައްސާރަ ދޫކޮށްލުމަށް ފަހު، ތަހުޒީބު ބައެއްގެ ގޮތުގައި ކުރިއަށްދާންޖެހޭ ކަމަށް އިނަރ މޯލްޑިވްސްގެ ވެރިޔާ އަދި ވިޔަފާރިވެރިޔާ މުހައްމަދު ފިރާގު ވިދާޅުވެއްޖެއެވެ.

ފިރާގު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކޮންމެ ރައީސަކު ނުވަތަ ކޮންމެ ސަރުކާރަކުންވެސް ރައްޔިތުންގެ ދިރިއުޅުން ރަނގަޅު ކުރުމަށްޓަކައި އެ ބޭފުޅުންގެ މަސައްކަތްތައް އެންމެ ފުރިހަމައަށް ކޮށްފައި ނުވަތަ ނުކުރެވި އޮވެދާނެ ކަމަށެވެ. ނަމަވެސް، ރުޅިވެރިކަމާއެކު ފަހަތަށް އެނބުރި ބަލަމުން، އެކަކު އަނެކަކާ ދެކޮޅަށް ހަޑިހުތުރު ބަސްތައް ބޭނުން ކުރުމަކީ ގައުމަކަށް އެއްވެސް ފައިދާއެއް ކުރާނެ ކަމެއް ނޫން ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

"އަޅުގަނޑު ދެކޭގޮތުގައި އަޅުގަނޑުމެން ތަހުޒީބު ބައެއްގެ ގޮތުގައި ކުރިއަށްދާން ދަސް ކުރަންވީ،" ފިރާގުގެ ޕޯސްޓުގައި ލިޔުއްވާފައިވެއެވެ.

އޭނާ އިތުރަށް ވިދާޅުވީ ގައުމެއް ކުރިއަށްދާނީ އިހްތިރާމާއި، ބިނާކުރަނިވި މަޝްވަރާތަކާއި، ވިސްނުންތެރިކަމާއެކު މަސައްކަތް ކޮށްގެން ކަމަށެވެ. ނަފްރަތާއި ފުރައްސާރައަކީ ގައުމެއް ބިނާކުރުމުގައި އޮތް ހުރަހެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ސިޔާސީ ތަފާތުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ފިރާގު ވިދާޅުވީ، ކޮންމެ މީހެއްގެވެސް ޚިޔާލުތަކާއި ސިޔާސީ ވިސްނުންތައް ތަފާތުވެދާނެ ކަމަށެވެ. ނަމަވެސް، އެންމެ ފަހުން ކަންކަން ނިމިގެންދާއިރު، ހުރިހާ ދިވެހިންނަކީވެސް ރައްޔިތުންނަށާއި އަންނަން އޮތް ޖީލުތަކަށް އުޖާލާ މުސްތަގުބަލެއް ބޭނުންވާ ބައެއް ކަމުގައި އޭނާ ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *