މޫސުން ގޯސްވެ ސަމާލުވާން އިންޒާރު ނެރެފި

މޫސުން ގޯސްވެ ސަމާލުވާން އިންޒާރު ނެރެފި

ހުޅަނގު މޫސުމުގެ ވިއްސާރަ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ކުރަމުންދާ މި ދަނޑިވަޅުގައި، މިއަދުވެސް ގިނަ ރަށްރަށަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުން ލަފާކޮށްފި އެވެ.

މެޓް އޮފީހުން ވަނީ މި ހަފުތާ ތެރޭ ކައިރި ކައިރީގައި ވަޓް އެލާޓްތައް ނެރެ، ރައްޔިތުންނަށް ސަމާލުވުމަށް ތަކުރާރުކޮށް އިލްތިމާސްކޮށްފަ އެވެ.

މިއަދުގެ ވައިޓް އެލާޓްތައް

ރޭ މެންދަމު 3:30 އިން ފެށިގެން މިއަދު ހެނދުނު 9:30 ގެ ނިޔަލަށް ބ. އަތޮޅުން ފެށިގެން އައްޑު އަތޮޅަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓެއް ނެރެފައިވެ އެވެ. އޭގެ އިތުރުން، ބ. އަތޮޅުން ފ. އަތޮޅަށް މިއަދު މެންދުރުފަހު 1:00 ގެ ނިޔަލަށް ބޯކޮށް ވިއްސާރަކޮށް ގުގުރާނެ ކަމަށް ވެސް ވައިޓް އެލާޓެއް ނެރެފައިވެ އެވެ.

މިއަދުގެ މޫސުމުގެ ތަފްސީލް

ދެކުނާއި މެދުރާއްޖެތެރޭ އަތޮޅުތަކަށް ވައި ޖެހޭނީ ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 15 އާއި 25 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ. އުތުރުގެ އަތޮޅުތަކަށް ވައި ޖެހޭނީ ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 10 އާއި 20 މޭލާ ދެމެދުގަ އެވެ. ވިލާ ގަނޑުގައި ވައި ގާތްގަނޑަކަށް 45 މޭލަށް ގަދަވުން ވެސް އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެ އެވެ.

ކަނޑުގެ ހާލަތު ބަލާއިރު، ދެކުނާއި މެދުރާއްޖެތެރޭ ކަނޑުތައް ގަދަވާނެ ކަމަށާއި، އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

ހުޅަނގު މޫސުން ފެށިގެން ދިއުން

ރާއްޖޭގެ ދެކުނަށް މި އަހަރުގެ ހުޅަނގު މޫސުން ފެށިގެން ދިޔައީ މި މަހުގެ 8 ވަނަ ދުވަހު އެވެ. ހުޅަނގު މޫސުމުގެ އަސަރު ދެކުނުން ފެށިގެން ދަތުރުކޮށް، މި މަސް ނިމުމުގެ ކުރިން މުޅި ރާއްޖެ ހުޅަނގު މޫސުމަށް ތަބާވާނެ ކަމަށް ބެލެވެ އެވެ. ނިމިދިޔަ 2025 ވަނަ އަހަރު މުޅި ރާއްޖެ އަށް ހުޅަނގު މޫސުން ފެށިގެން ދިޔައީ މެއި މަހުގެ 26 ވަނަ ދުވަހު އެވެ.

ރަށްފުށުގެ ރައްޔިތުންނާއި މަސްވެރިންނަށް ކަނޑަށް ނުކުތުމުގައި ސަމާލުވުމަށް ކަމާ ބެހޭ ފަރާތްތަކުން ވަނީ ގޮވާލާފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *