އިންޑިއާގެ ޓެމިލްނާޑޫ ސްޓޭޓްގެ ޗީފް މިނިސްޓަރުު ކަމުގެ މަގާމަށް ދާދިފަހުުން ވަޑައިގެންނެވި ފިލްމީތަރި ވިޖޭ، ދައުލަތުުން ހިންގަމުން އަންނަ 717 ބަނގުރާ ބޯތަންތަން ވަގުުތުުން ވަގުުތަށް ބަންދުު ކުުރުުމަށް އަމުުރުު ކުރައްވައިފިއެވެ.
މި ނިންމެވުމުގެ ދަށުން ބަންދު ކުރަން އަމުރު ކޮށްފައިވަނީ އަޅުކަންކުރާ ތަންތަނާއި، ތަޢުލީމީ މަރުކަޒުތަކުގެ އިތުރުން ބަސް ހުއްޓިތަކާ 500 މީޓަރަށްވުރެ ގާތުގައި ހުރި ފިހާރަތަކެވެ.
މި އަމުރުގައިވާ ގޮތުން، ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި މި ހުރިހާ ތަނެއް ބަންދުކޮށް ނިންމަންޖެހޭނެއެވެ. މިއީ ތަމަޅުނާޑޫގެ ރާ ވިއްކުމުގެ ސިޔާސަތަށް ގެނެވުނު ބޮޑު ބަދަލެއްގެ ގޮތުގައި ފާހަގަ ކުރެވެއެވެ. ވިޖޭ މިގޮތަށް ނިންމެވީ އާންމު ރައްޔިތުންގެ މަސްލަހަތާއި، ޚާއްޞަކޮށް ދަރިވަރުންނާއި އާންމު ހިދުމަތް ހޯދާ މީހުންނަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯއްދަވައި ދެއްވުމަށެވެ.
ސަރުކާރުން ހާމަކޮށްފައިވާ ތަފާސްހިސާބު ތަކަށް ބަލާއިރު، ބަންދު ކުރަން ނިންމި 717 ފިހާރައިގެ ތެރޭގައި އަޅުކަންކުރާ ތަންތަނާ ކައިރީގައި ހުރި 276 ތަނަކާއި، ސްކޫލް ކޮލެޖްތަކާ ކައިރީގައި ހުރި 186 ތަނެއްގެ އިތުރުން ބަސް ޓާމިނަލްތަކާ ކައިރީގައި ހުރި 255 ތަނެއް ހިމެނެއެވެ.
ވިޖޭގެ މި ނިންމެވުމަކީ ސަރުކާރުން މަސްތުވާތަކެއްޗާއި ދެކޮޅަށް ގެންގުޅޭ ހަރުދަނާ ސިޔާސަތުގެ ދަށުން އެޅުއްވި މުހިންމު ފިޔަވަޅެއް ކަމަށް ސަރުކާރުގެ އިސް އޮފިޝަލުން މީޑީއާއަށް މައުލޫމާތު ދެއްވައެވެ. އޭނާގެ މި ނިންމެވުމަށް ވަރަށް ގިނަ ބަޔަކު އަންނަނީ ތައުރީފުކޮށް ތާއީދު ކުރަމުންނެވެ.





