ރެއާލް މެޑްރިޑްގެ ކޯޗަކަށް މޮރީނިއޯ ގެންނަން މަސައްކަތް ކުރަނީ

ރެއާލް މެޑްރިޑްގެ ކޯޗަކަށް މޮރީނިއޯ ގެންނަން މަސައްކަތް ކުރަނީ

ސްޕެއިންގެ ގަދަ ބާރު ރެއާލް މެޑްރިޑްގެ ކޯޗަކަށް، ޕޯޗުގަލްގެ ތަޖުރިބާކާރު ކޯޗު ހޯސޭ މޮރީނިއޯ ގެންނަން މަސައްކަތް ކުރަމުން އަންނަ ކަމަށް ސްޕެއިންގެ މީޑިއާތައް ރިޕޯޓު ކޮށްފިއެވެ.

ރެއާލްގެ ކޯޗުކަމުގައި ހުރި ޒަބީ އަލޮންސޯ މަގާމުން ވަކި ކުރުމަށް ފަހު، ވަގުތީ ކޯޗެއްގެ ގޮތުގައި ހަމަ ޖެހިފައިވަނީ އަލްވާރޯ އާބެލޯ އެވެ. ނަމަވެސް، އަންނަ ސީޒަންގައި ދާއިމީ ކޯޗެއް ހޯދުމުގެ މަސައްކަތް ކުލަބުން ފަށާފައިވާ ކަމަށް ރިޕޯޓު ތަކުގައި ބުނެފައިވެ އެވެ.

ސްޕެއިންގެ މީޑިއާ ތަކުން ހާމަ ކޮށްފައިވާ ގޮތުގައި، ރެއާލް އިން ވަނީ ސީދާ މޮރީނިއޯގެ އެޖެންޓާ ވާހަކަ ދައްކަން ފަށާފައެވެ. ހަމަ އެހެންމެ، މޮރީނިއޯ ރެއާލް ބޭނުންވެ ތިބިނަމަ، ބެންފީކާ ދޫކޮށް ރެއާލްއާ ހަވާލުވެދާނެ ކަމަށްވެސް ރިޕޯޓު ތަކުގައި ވެއެވެ.

އުމުރުން 63 އަހަރުގެ މޮރީނިއޯ ވަނީ 2010 އިން 2013 ވަނަ އަހަރަށް ރެއާލް ކޯޗެއްގެ ގޮތުގައި ހިދުމަތް ކޮށްފައެވެ. ރެއާލްގައި ހޭދަ ކުރި ތިން ސީޒަންގެ ތެރޭގައި، 178 މެޗުން 127 ގައި ކުލަބު ކާމިޔާބު ކޮށް، ތިން ތައްޓެއް ހޯދައިދިނެވެ.

ބެންފީކާ އިން ކޯޗިން ކެރިއަރު ފެށި މޮރީނިއޯ އަކީ، ދުނިޔޭގައި ތިބި އެންމެ މޮޅު ކޯޗުންގެ ތެރޭގައި ފާހަގަ ކޮށްލެވޭ މީހެކެވެ. އޭނާ ވަނީ ގިނަ ކުލަބު ތަކެއްގައި މަސައްކަތް ކޮށްފަ އެވެ. ބެންފީކާ އާއި ރެއާލްގެ އިތުރުން މޮރީނިއޯ ވަނީ. އިންޓަރ މިލާން، މެންޗެސްޓަރ ޔުނައިޓެޑު، ޓޮޓެންހަމް އަދި ރޯމާ އަށް ވެސް އިރުޝާދު ދީފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *