އާސަންދަ ނިޒާމު އިސްލާހުކޮށް، ސިޔާސީ ފިކުރު އެއްފަރާތް ކުރަންޖެހޭ: ފިރާގު

އާސަންދަ ނިޒާމު އިސްލާހުކޮށް، ސިޔާސީ ފިކުރު އެއްފަރާތް ކުރަންޖެހޭ: ފިރާގު

ރާއްޖޭގައި މިހާރު އަމަލު ކުރަމުންދާ އާސަންދަ ނިޒާމުގެ ސިޔާސަތުތައް މުރާޖައާކޮށް، ގައުމީ ފެންވަރުގައި މުހިންމު ނިންމުންތަކެއް ނިންމަން ޖެހިފައިވާ ކަމަށް އިނަރ މޯލްޑިވެސްގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ފިރާގު ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ފިރާގު ވިދާޅުވީ، ގައުމުގެ މުހިންމު އެތައް މައްސަލަތަކެއްގައި ގައުމީ ފެންވަރުގައި ވިސްނަން ފަށަންޖެހޭ ކަމަށާއި، އެކަން ކުރުމުގައި ސިޔާސީ ފިކުރުތައް އެއްފަރާތް ކުރަންޖެހޭ ކަމަށެވެ. ހާއްސަކޮށް އާސަންދައާ ގުޅޭގޮތުން ގައުމުގެ ސިޔާސަތުތައް މުރާޖައާކޮށް އިސްލާހު ކުރުމަކީ މިވަގުތަށް ނުހަނު ބޭނުންތެރި ކަމެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވިއެވެ.

ފިރާގު އިތުރަށް ވިދާޅުވީ، ސަރުކާރުން ލޯނު ނަގައިގެން މުސްތަގުބަލަށް ބޮޑެތި ދަރަނި ތަކެއް ބޮލުގައި އަޅައިގެން މިހާރު އޮތް ނިޒާމު ދެމެހެއްޓޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ސިއްހީ އެހީތެރިކަމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ނަމަވެސް، މިހާރު ގެންގުޅޭ އުސޫލުގެ ސަބަބުން ހަގީގަތުގައި ފަރުވާ ބޭނުންވާ މީހުންނަށް އެކަށީގެންވާ ވަރަށް އަމާޒު ނުކުރެވޭކަން އޭނާ ފާހަގަ ކުރެއްވިއެވެ.

"އުސޫލާއި އެ ނިޒާމު ނަހަމަ ގޮތުގައި ލިބިގަންނަ ފަރާތްތަކާއި ދޭ ފަރާތްތަކުން ބޭނުން ކުރުމުގެ، ނުވަތަ ކޮންމެހެން ބޭނުންނުވާ ހާލަތްތަކުގައި ބޭނުން ކުރުމުގެ އަލާމާތްތައް ފެންނައިރު، ވަސީލަތްތައް ހަގީގަތުގައި ފަރުވާ ބޭނުންވާ މީހުންނަށް ފޯރާނެ ގޮތް ހެދުމަށް ދަތިތަކެއް ކުރިމަތިވާތަން ފެނޭ. މިފަދަ ސްކީމެއްގެ އަސްލު މަގުސަދަކީ އެންމެ ނާޒުކު ފަރާތްތައް ރައްކާތެރި ކުރުން ކަމަށާއި، އެ ފޯކަސް ރައްކާތެރިކޮށް ދެމެހެއްޓުން." ފިރާގު ވިދާޅުވިއެވެ.

އުސޫލާއި އެނީޒާމު ނަހަމަ ގޮތުގައި ލިބިގަންނަ ފަރާތާއި ދޭފަރާތް ތައް ބޭނުން ކުރުމުގެ ނުވަތަ ކޮންމެހެން ބޭނުން ނުވާ ހާލަތް ތަކުގައި ބޭނުން ކުރުމުގެ އަލާމާތްތައް ފެންނައިރު، ވަސީލަތްތައް ހަގީގަތުގައި ފަރުވާ ބޭނުންވާ މީހުންނަށް ފޯރާނެ ގޮތް ހެދުމަށް ދަތިތަކެއް ކުރިމަތިވާތަން ފެނޭ ކަމަށާއި މިފަދަ ސްކީމެއްގެ އަސްލު މަގުސަދަކީ އެންމެ ނާޒުކު ފަރާތްތައް ރައްކާތެރި ކުރުން ކަމަށާއި، އެ ފޯކަސް ރައްކާތެރިކޮށް ދެމެހެއްޓުން މުހިންމުކަމަށް ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

ޤައުމު ތަރައްޤީ ކުރުމަށް ސީރިއަސް ވިސްނުމެއް އޮވެއްޖެނަމަ، މިކަން ކަމުގައި ހުރި އިސްރާފު މަދުކޮށް، ނިޒާމުގެ ތެރޭގައި ޖަވާބުދާރީވުން ރަނގަޅު ކުރެވޭނެ ގޮތްތައް ހޯދަންޖެހޭ ކަމަށް ވެސް ފިރާގު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *