އީރާނާ ދެކޮޅަށް ދިން ހަމަލާތަކުގެ މަރުހަލާ ނިމިއްޖެ: އެމެރިކާ

އީރާނާ ދެކޮޅަށް ދިން ހަމަލާތަކުގެ މަރުހަލާ ނިމިއްޖެ: އެމެރިކާ

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވީ، އީރާނާ ދެކޮޅަށް ހިންގި އަސްކަރީ ހަމަލާދިނުމުގެ ހުރިހާ އޮޕަރޭޝަންތަކެއް ނިމިފައިވާ ކަމަށެވެ. ނަމަވެސް، ހޮރްމުޒް ކަނޑުއޮޅީގައި އީރާނުން ހަމަލާތަކެއް ދީފި ނަމަ، "ފަނާކުރަނިވި" ރައްދެއް ދޭނެ ކަމުގެ އިންޒާރު ދެއްވި އެވެ.

ރޫބިއޯ މިހެން ވިދާޅުވީ، ހަނގުރާމަ ވަގުތީ ގޮތެއްގައި ހިފެހެއްޓިފައި ވީ ނަމަވެސް، ސަރަހައްދުގައި ނުތަނަވަސްކަން ދެމިއޮތް ދަނޑިވަޅެއްގަ އެވެ. އެމެރިކާގެ އަސްކަރީ އޮފިޝަލުން ވިދާޅުވި ގޮތުގައި، ބޭނުންވެއްޖެ ހިނދެއްގައި އަލުން ހަމަލާތައް ފެށުމަށް ފައުޖުތައް ތައްޔާރަށް ތިބި ކަމަށެވެ.

ޖެނެރަލް ޑޭން ކޭން ވިދާޅުވީ، އަމުރެއް ލިބިއްޖެ ނަމަ ބޮޑެތި އަސްކަރީ އޮޕަރޭޝަންތައް ވަގުތުން ފެށުމަށް ތައްޔާރަށް ހުރި ކަމަށެވެ. ކެތްތެރިކަން އިސްކުރުުމަކީ ހަމަލާ ދިނުމުުގެ ވިސްނުުން ނެތުުން ކަމަށް ދުޝްމަނުުން ހީކޮށްގެން ނުވާނެ ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިތުުރު މީހުުން މަރުވުުމަށް ބޭނުުންފުޅުނުވާ ކަމަށް ވިދާޅުވެ، ސުުލްހައިގެ އެއްބަސްވުުމަކަށް ދިއުުމަށް އީރާނަށް ބާރުުއަޅުއްވާފަ އެވެ. ހަމައެއާ އެކު، މި ހަނގުުރާމަ "ކުުޑަ ކުުރިމަތިލުުމެއް"ގެ ގޮތުގައި ސިފަކުރައްވައި، އީރާނަށް ކާމިޔާބު ހޯދުުމުުގެ އެއްވެސް ފުރުުސަތެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.

އީރާނުގެ ފަރާތުުން، މަޖިލީހުުގެ ރައީސް މުުހައްމަދު ބާގިރު ގާލިބާފް ވަނީ، ސަރަހައްދުުގައި އެމެރިކާ ފޯރުުވާ ނުުފޫޒު ކުުޑަވެދާނެ ކަމަށް ވިދާޅުވެ ރައްދު ދެއްވާފަ އެވެ. ހޮރްމުުޒް ކަނޑުުއޮޅީގެ ކަނޑައަޅާފައިވާ މަގުތަކުުން ބޭރަށް ދަތުުރުުކުުރާ އުުޅަނދުުތަކަށް ހަރުުކަށި ރައްދެއް ދޭނެ ކަމުުގެ އިންޒާރުުވެސް އީރާނުުގެ ރިވޮލިއުުޝަނަރީ ގާޑްސްއިން ވަނީ ދީފަ އެވެ.

ޔޫއޭއީން ބުނި ގޮތުގައި، ވިދިވިދިގެން ދެ ދުުވަހު ވެސް އީރާނުުން ފޮނުުވި މިސައިލްތަކާއި ޑްރޯންތައް ހުުއްޓުވާފައިވާ ކަމަށެވެ. ނަމަވެސް، މިފަދަ ހަމަލާތަކެއް ދިން ކަމަށް އީރާނުުން ވަނީ އިންކާރުުކޮށްފަ އެވެ.

ނުުތަނަވަސްކަން ހުުރި ނަމަވެސް، އެމެރިކާގެ ކަނޑުުގެ ސިފައިންގެ ހިމާޔަތުގެ ދަށުުން ބައެއް ވިޔަފާރި ދަތުުރުުތައް ވަނީ އަލުުން ފަށާފަ އެވެ. ޔޫރަޕިއަން ޔޫނިއަންގެ ވެރިންނާއި ޖަރުުމަނުުގެ ޗާންސެލަރު، ފްރާންސްގެ ރައީސް، އަދި އިނގިރޭސި ބޮޑުުވަޒީރު ވަނީ ޑިޕްލޮމެޓިކް މަޝްވަރާތައް އަލުުން ފެށުުމަށް ގޮވާލައްވާ، ގަލްފު ސަރަހައްދުުގެ ދަތުުރުުފަތުުރަށް ބުުރޫ އެރުުން ދުުނިޔޭގެ އިގްތިސާދަށް ނޭދެވޭ އަސަރުުތަކެއް ކުުރާނެ ކަމަށް އިންޒާރު ދެއްވާފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *