ޑރ. ޔަންގްހޫން ކިމް: ދުނިޔޭގެ އެންމެ މަތީ އައިކިއު

ޑރ. ޔަންގްހޫން ކިމް: ދުނިޔޭގެ އެންމެ މަތީ އައިކިއު

އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަށް ކާރުގެ ތަޅުދަނޑި ބޭއްވުނު ތަން ހަނދާން ނެތިގެން ނުވަތަ ފޯނު އަތަށްލައިގެން ފޯނު ހޯދަން އުޅެން ޖެހޭއިރު، ދުނިޔޭގެ އަނެއްކޮޅުގައި އާދަޔާ ހިލާފު ސިކުނޑިއެއްގެ ވެރިއަކު އެބަހުއްޓެވެ.

2026 ވަނަ އަހަރާ ހަމައަށް އައިއިރުވެސް، ދުނިޔޭގައި މިހާތަނަށް ރެކޯޑް ކުރެވުނު އެންމެ މަތީ އައިކިއު (IQ) އޮތް ފަރާތުގެ ލަގަބު ދަމަހައްޓަމުން އަންނަނީ ދެކުނު ކޮރެއާގެ ޑރ. ޔަންގްހޫން ކިމް އެވެ. އޭނާގެ އައިކިއު ސްކޯރަކީ ހައިރާން ކުރުވަނި 276 އެވެ.

މިއީ އާދައިގެ އިންސާނަކަށް ތަސައްވަރު ކުރަންވެސް އުނދަގޫ މިންވަރެކެވެ. އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންގެ އައިކިއު ހުންނަނީ 85 އާއި 115 އާ ދެމެދުގައެވެ. ޑރ. ކިމްގެ މި ސްކޯއިން އަންގައިދެނީ އޭނާގެ ސިކުނޑިއަކީ "ސުޕަކޮމްޕިއުޓަރެއް" ފަދަ ބާރުގަދަ އެއްޗެކެވެ.

ޑރ. ޔަންގްހޫން ކިމް އަކީ ހަމައެކަނި "ސްމާޓް" މީހެއް ނޫނެވެ. އޭނާ ވަނީ އޭނާގެ ބުއްދިވެރިކަން ބޭނުން ކޮށްގެން ދުނިޔޭގެ ފެންވަރުގައި ބޮޑެތި މަސައްކަތްތަކެއް ކޮށްފަ އެވެ. އޭނާއަކީ ޔުނައިޓެޑް ސިގްމާ އިންޓެލިޖެންސް އެސޯސިއޭޝަން ގެ ފައުންޑަރެވެ. މިއީ ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ ބުއްދިވެރިންނާއި، ނޯބެލް އިނާމު ހާސިލުކޮށްފައިވާ ފަރާތްތަކާއި، ދުނިޔޭގެ އެންމެ މަތީ ޔުނިވަރސިޓީތަކުގެ ޕްރޮފެސަރުން ހިމެނޭ ޖަމްއިއްޔާއެކެވެ.

ނަފްސާނީ އިލްމު ، ނާރުތަކާ ބެހޭ އިލްމު ، އަދި ބަހަވީ އިލްމު ފަދަ އުނދަގޫ ދާއިރާތަކުން އޭނާގެ ކުޅަދާނަކަން ދުނިޔޭގެ ބޮޑެތި އިދާރާތަކުން ވަނީ ބަލައިގަނެފަ އެވެ. ވޯލްޑް މައިންޑް ސްޕޯޓްސް ކައުންސިލް (WMSC) އާއި ގިގާ ސޮސައިޓީ ފަދަ ތަންތަނުން އޭނާގެ މި ރެކޯޑް ވަނީ ރަސްމީކޮށް ކަށަވަރުކޮށްދީފަ އެވެ.

އައިކިއު 276 ގެ މާނައަކީ ކޮބާ؟

މިފަދަ މަތީ ސްކޯއެއް ލިބުމުން، އޭގެ މާނައަކީ އޭނާއަށް ކަންކަން ދަސްކުރުމާއި، އުނދަގޫ މައްސަލަތައް ހައްލުކުރުމާއި، އަދި ކަންކަމުގެ މެދުގައި ހުންނަ ގުޅުންތައް ދެނެގަތުމުގެ ބާރު އާދަޔާ ހިލާފަށް އަވަހެވެ. އޭނާއަކީ ގިނަ ބަސްބަހަށް މޮޅު، އަދި އިންސާނާގެ ސިކުނޑި މަސައްކަތްކުރާ ގޮތާ ބެހޭގޮތުން އާ ހޯދުންތައް ހޯދަމުންދާ އިލްމީ ޝަހުސިއްޔަތެކެވެ.

ޑރ. ކިމް ގަބޫލުކުރައްވާ ގޮތުގައި ހަގީގީ ބުއްދިވެރިކަމަކީ ހަމައެކަނި އައިކިއު ޓެސްޓަކުން ލިބޭ ނަތީޖާއެއް ނޫނެވެ. އެއީ އެ ލިބިފައިވާ އިލްމެއްގެ ބޭނުންކޮށްގެން އިންސާނިއްޔަތަށް ގެނެވޭ ހެޔޮ ބަދަލެކެވެ. ޑރ. ޔަންގްހޫން ކިމް އަކީ މިއަދުގެ ދުނިޔޭގައި ހުރި އެންމެ ތޫނުފިލާ ސިކުނޑީގެ ވެރިޔާއެވެ. އޭނާގެ މަސައްކަތް ތަކުން އިންސާނާގެ ވިސްނުމުގެ ދާއިރާ އާ އުސްމިން ތަކަކަށް ގެންގޮސްދީފި އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *