ރައީސްގެ ދެކަނބަލުންނަށް ސްރީލަންކާއިން ރަސްމީކޮށް މަރުހަބާ ދަންނަވައިފި

ރައީސްގެ ދެކަނބަލުންނަށް ސްރީލަންކާއިން ރަސްމީކޮށް މަރުހަބާ ދަންނަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުންނަށް ސްރީލަންކާއިން ރަސްމީކޮށް މިއަދު މަރުހަބާ ދަންނަވައިފި އެވެ. ލަންކާއިން ރަސްމީ މަރުހަބާ ދެންނެވީ ސްރީލަންކާގެ ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކަ ބައިވެރިވެ ވަޑައިގަތް ހިނދެވެ. ރަސްމިއްޔާތުގައި 21 ބަޑީގެ ސަލާމެއް ވަނީ ވެސް އަރުވާފަ އެވެ.

ރައީސް މުއިއްޒުގެ ދެކަނބަލުން ލަންކާއަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅަކީ ލަންކާ ރައީސް ޑިސަނާޔަކަގެ ދައުވަތަކަށް، 3 ން 6 މެއި 2026 ގެ ނިޔަލަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.

ދެ ގައުމުގެ ދެމެދުގައި ތައުލީމާއި، ފަންނީ ތަމްރީނާއި، އިގްތިސާދީ އެއްބާރުލުމާއި، ހިންގުމާއި، ތަރިކަ ދާއިރާ ފަދަ ތަފާތު ދާއިރާތަކުން ގުޅުން ބަދަހިކުރެވޭ ގޮތް ހޯދުމަށް ދެ ގައުމުގެ ވެރިން ބޮޑެތި މަޝްވަރާތަކެއް ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. ދެ ރައީސުންގެ ހާޒިރުގައި، ތަފާތު ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ފަހުމުނާމާތަކުގައި ސޮއިކުރުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.

ދަތުރުފުޅުގެ ތެރޭގައި ރައީސް މުއިއްޒު، މޯލްޑިވްސް-ސްރީލަންކާ ބިޒްނަސް ފޯރަމްގައި ވެސް ބައިވެރިވެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *