ޖޫން މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ބޮޑު ބަޔަކަށް އާދަޔާހިލާފަށް ވާރޭވެހި، ހޫނުމިން ވެސް އާންމު މިންވަރަށް ވުރެ މަތިވާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ލަފާކޮށްފި އެވެ.
މެޓް އޮފީހުން ނެރުނު ސީޒަނަލް ފޯކާސްޓްގައި ވާ ގޮތުން، ހުޅަނގު މޫސުމުގައި ވާރޭވެހޭ މިންވަރު ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް އިތުރުވާނެ އެވެ. ދުވާލުގެ އެންމެ މަތީ ހޫނުމިނާއި ރޭގަނޑުގެ އެންމެ ދަށް ހޫނުމިން ވެސް އާންމު މިންގަނޑަށް ވުރެ މަތިވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
ވާރޭ އިތުރުވުުމުގެ ސަބަބުން ތާރަވެފައިވާ ބައެއް ރަށްތަކުގައި ފެންބޮޑުވުމުގެ ފުުރުސަތު އޮތް ކަމަށް މެޓް އޮފީހުން ފާހަގަކުރެ އެވެ. ހޫނުމިން ވެސް ޖޫންއިން ސެޕްޓެމްބަރާ ދެމެދު 27 އާއި 30 ޑިގްރީ ސެލްސިއަސްގެ ތެރޭ ހުންނާނެ ނަމަވެސް، ވައިގެ ތެތްކަމާ ހޫނު ވެސް ނިސްބަތުން ބޮޑަށް އިހުުސާސްވާނެ ކަމަށް ލަފާ ކުރެވެ އެވެ. ހަމަ އެހެންމެ ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭތީ ކަނޑުދަތުރުފަތުރާއި ފަތުުރުުވެރިކަމުގެ ދާއިރާ އަށް ދަތިތަކެއް ދިމާވެދާނެ ކަމަށް ވެސް ފާހަގަ ކޮށްފައިވެ އެވެ.
ވޭތުުވެދިޔަ 2025 ވަނަ އަހަރު ރާއްޖޭގެ ދެކުނަށް ވާރޭ ބޮޑަށް ވެހުނު ނަމަވެސް، މިއަހަރު ވާރޭ ވެހޭ މިންވަރު ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް އިތުރުވާނެ ކަމަށް ލަފާ ކުރެއެވެ.





