ށ. މިލަންދޫއަށް މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައި ވަނީ ށ. މިލަންދޫ / ފެޝަން، ޙަސަން ފަޔާޟް (40އ) އެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ ކުޅުދުއްފުށިން މިލަންދޫއަށް މަސްތުވާތަކެތި އެތެރެކުރާ ކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަންގައި ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
މި މަހުގެ 22 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި މިލަންދޫ ބަނދަރު މަތިން އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއްހުރި ކަރުދާސް ކޮޅެއް ފެނިފައި ވެއެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ހަތް ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރު ކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.





