ޓްރަމްޕް ބައިވެރިވި ވައިޓް ހައުސްގައި އޮތް ޑިނާއަކަށް މީހަކު ވަދެ ބަޑި ޖަހައިފި

ޓްރަމްޕް ބައިވެރިވި ވައިޓް ހައުސްގައި އޮތް ޑިނާއަކަށް މީހަކު ވަދެ ބަޑި ޖަހައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ބައިވެރިވެވަޑައިގެންނެވި ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނާގައި ބަޑި ޖަހައިފި އެވެ.

ރޭގަނޑުގެ ކެއުން ކުރިއަށް ދަނިކޮށް، އިވެންޓު ބޭއްވި ހޮޓަލުގެ ކޮރިޑޯއެއްގައި ބަޑި ޖެހި މިހާދިސާ ހިނގި ވަގުތު ރައީސް ޓްރަމްޕާއި ނައިބު ރައީސް ޖޭޑީ ވޭންސް ވަނީ ވަގުތުން އެތަނުން ނެރެ ރައްކާތެރި ތަނަކަށް ގެންގޮސްފަ އެވެ.

ހާދިސާގައި ސީކްރެޓް ސާވިސްގެ އެޖެންޓެއްގެ ހަށިގަނޑަށް ވަޒަނެއް އެރި ނަމަވެސް، ބުލެޓްޕްރޫފް ވެސްޓެއް ލައިގެން ހުރުމުން އޭނާ ސަލާމަތްވި އެވެ.

ބަޑި ޖެހި ކަމަށް ތުހުމަތުކޮށް ހައްޔަރުކޮށްފައިވަނީ ކެލިފޯނިއާއަށް ނިސްބަތްވާ ކޯލް ތޯމަސް އެލަން، 31، އެވެ. ފުުލުުހުުންނާއި ސެކިއޫރިޓީ ބާރުތަކުން ވަނީ ހާދިސާ ހިނގިތަނާ ވީހާ ވެސް އަވަހަކަށް ހަމަޖެހިލައި ބަޑިޖެހި މީހާ ހިފައި ހައްޔަރުކޮށްފަ އެވެ.

ހާދިސާއާ ގުޅިގެން ވާހަކަ ދައްކަވަމުން ރައީސް ޓްރަމްޕް ވިދާޅުވީ ބަޑިޖެހި މީހާ ހަރަކާތްތެރިވީ އެކަނި ކަމަށާއި، އޭނާގެ ހަގީގީ މަގްސަދު ތަހުގީގުގައި ސާފުވަމުންދާ ކަމަށެވެ.

ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް ޑިނާއަކީ، ރައީސްގެ އޮފީސް ކަވަރު ކުރާ ނޫސްވެރިންގެ ޖަމިއްޔާއިން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ ރަސްމީ ރޭގަނޑުގެ ކެއުމެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *