ދޮންދަރިއާ ބެހިގެން ހައްޔަރުކުރި މީހާ ދޫކޮށްލަން ދަށު ކޯޓުން ކުރި އަމުރު ބާތިލް ކޮށްފި 

ދޮންދަރިއާ ބެހިގެން ހައްޔަރުކުރި މީހާ ދޫކޮށްލަން ދަށު ކޯޓުން ކުރި އަމުރު ބާތިލް ކޮށްފި 

ދޮންދަރިފުޅާ ބެހުނު މައްސަލައިގައި ހައްޔަރުކުރި މީހާ ދޫކޮށްލަން ދަށު ކޯޓުން ކުރި އަމުރު ހައިކޯޓުން ބާތިލްކޮށްފިއެވެ.

މި މައްސަލައަކީ އިތުބާރުކުރެވޭ މަގާމެއްގައިހުރ،ެ 2025 ވަނަ އަހަރުގެ މެއި މަހުގެ ދެވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި، އުމުރުން 11 އަހަރުގެ ދޮންދަރިފުޅަށް، ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން 2025 ވަނަ އަހަރުގެ މެއި މަހުގެ 12 ވަނަ ދުވަހު އެ ކުއްޖާގެ ދޮންބައްޕަ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރި މައްސަލައެކެވެ.

އޭނާ ހައްޔަރު ކުރުމަށްފަހު ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލު ކުރުމުުގެ ގާނޫނުގެ ދަށުން 30 ދުވަހުގެ މުއްދަތަށް އޭނާ ބަންދުގައި ބެހެއްޓުމަށް، ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ އެދުމުން އޭނާގެ 15 ދުވަހަށް ބަންދު ކުރުމަށް ހއ.މެޖިސްޓްތޭޓް ކޯޓުން އަމުރުކުރިއެވެ. އެއަށްފަހު މައްސަލަ ތަހުގީގު ކުރުމަށް އޭނާގެ ބަންދުގެ މުއްދަތު އެކި ފަހަރުމަތިން އިތުރުކުރުމަށްފަހު، ކުޑަކުއްޖަކު އިތުބާރު ކުރަންޖެހޭ މަގާމެއްގައިހުރި މީހަކު އެ ކުޑަކުއްޖާއާއެކު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ އޭނާގެ މައްޗަށް އުފުލުމަށްފަހު، ކޯޓަށް ހުށަހަޅައިގެން އެ މައްސަލައިގެ ޝަރީއަތް ނިމެންދެން 17 ޖޫން 2025 ގައި ކޯޓުން އޭނާ ބަންދު ކުރަން އަނުރުކުރިއެވެ.

ނަމަވެސް އޭނާއަކީ ނަފްސާނީ ބަލީގެ މީހެއްކަމަށްވުމާއެކު ގާނޫނުގައިވާގޮތުގެމަތިން އޭނާ ކުށްވެރިވާކަން ނުވަތަ ނުވާނަކަން ބަޔާންކުރުމަށާއ،ި ދައުވާ ބަލައިގަތުމަށާއ،ި ކުރެވޭ ހުކުމްބަލައިގަތުމަށް ނުކުޅެދިގެންވާ ފަރާތެއްތޯ ދެނެގަތުމަށް އޭނާގެ މެޑިކަލް އެގްޒެމިނޭޝަނެއްހަދައި ދިނުމަށް އޭނާގެ ފަރާތުން އެދުމުން 2025 ވަނަ އަހަރުގެ 22 ސެޕްޓެމްބަރުގައި އެ ޓެސްޓް ހެދުމަށް ދަށު ކޯޓުން އަމުރުކުރިއެވެ.

އެއަށްފަހު އެ ޓެސްޓްތަކާއެކު، ހެތްކަށް ނުފޫޒު ނުފޯރުވުމަށް ޝަރުތުކުރުމާއެކު، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކުރި އަމުރުގެ ހާލަތު ބަދަލުވެފައިވާ ކަމަށް ބަޔާންކޮށް ނަފްސާނީ ބަލީގެ ފަރުވާ ހޯދުމަށް ބަންދުން ދޫކޮށްލުމަށް އޭނާގެ ފަރާތުން ހުށަހެޅި މައްސަލައާ ގުޅިގެން، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކުރި އަމުރު ބާތިލްކޮށް މ،ިދިޔަ ފެބްރުއަރީމަހުގެ 26 ގައި އޭނާ ބަނދުން ދޫކޮށްލުމަށް ދަށު ކޯޓުން އަމުރުކުރިއެވެ.

ނަމަވެސް އޭނާ އިބަންދުން ދޫކޮށްލި ދޫކޮށްލުމަކީ ގާނޫނާ އެއްގޮތަށް ކުރިކަމެއް ނޫންކަމަށް ބުނ،ެ އެ ނިންމުން ޕީޖީ އޮފީހުން ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ.

މި މައްސަލަ ބެލުމަށްފަހު ހައިކޯޓުން، ހުކުމް ކުރީ އެނާ ދޫކޮށްލަން ދަށު ކޯޓުން ކުރި އަމުރު ބާތިލް ކަމަށެވެ. ދެ ދުވަހުގެ ތެރޭގައި ޝަރީއަތް ނިމެންދެން އޭނާ ބަންދުކޮށްދިނުމަށްއެދި ޕީޖީ އޮފީހުން ދަށު ކޯޓަށް ހުށަހަޅައިފިނަމަ ފަސް ދުވަހުގެ ތެރޭގައި އޭނާ ބަންދު ކުރުމާމެދު ގޮތެއް ކަނޑަައަޅަން ވެސް ދަށު ކޯޓަށް ހައިކޯޓުން އަންގާފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *