މޯލްޑިވިއަން އާއި ސްރީލަންކަން އެއާލައިންސް ގުޅިގެން ޚިދުމަތް ފުޅާކުރަނީ

މޯލްޑިވިއަން އާއި ސްރީލަންކަން އެއާލައިންސް ގުޅިގެން ޚިދުމަތް ފުޅާކުރަނީ

ދިވެހިރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އާއި ސްރީލަންކާގެ ގައުމީ އެއާލައިން، ސްރީލަންކަން އެއާލައިންސް އާ ދެމެދު މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މޯލްޑިވިއަން އިން ބުނި ގޮތުގައި، މި އެއްބަސްވުމުގެ މައިގަނޑު މަގްސަދަކީ ދެ އެއާލައިންގެ ވިއުގަ ގުޅާލައި، ފަސިންޖަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ފުޅާކޮށް ފަސޭހަ ކޮށްދިނުމެވެ. މި ޕާޓްނަރޝިޕްގެ ދަށުން ސްރީލަންކަން އެއާލައިންސްގެ ބައިނަލްއަގުވާމީ ވިއުގަ މެދުވެރިކޮށް ރާއްޖެ އަންނަ ފަސިންޖަރުންނަށް، މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކުގެ 17 މަންޒިލަކަށް ދަތުރުކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ބުނެ އެވެ.

ކޮލަމްބޯ މެދުވެރިކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ރާއްޖެ އަންނަ ފަތުރުވެރިންނަށް، އެއްވެސް ދަތިކަމެއް ނެތި ދަތުރުފަތުރުގެ ޚިދުމަތް ލިބިގެންދިއުމަކީ ވެސް މި އެއްބަސްވުމުން ހާސިލްވާ ބޮޑު ފައިދާ އެކެވެ.

ދިވެހި ފަސިންޖަރުންނަށްވެސް މި އެއްބަސްވުމުގެ ސަބަބުން ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް މޯލްޑިވިއަން ބުނެ އެވެ. ކޮލަމްބޯ މެދުވެރިކޮށް ދުނިޔޭގެ އެކި މަންޒިލްތަކަށް ދަތުރުކުރުމުގައި، މިހާރަށް ވުރެ ފަސޭހަ ގޮތްތަކަކާއި، ގިނަ އިހްތިޔާރުތަކެއް ލިބިގެންދާނެ ކަމަށް ވެސް ބުނެ އެވެ.

ދެ ގައުމުގެ ގައުމީ އެއާލައިންތައް ގުޅިގެން ހިންގާ މި ޕާޓްނަރޝިޕަކީ ސަރަހައްދީ ފެންވަރުގައި ދެ ގައުމުގެ ދެމެދު އޮތް ގުޅުން ބަދަހިކޮށް، ދަތުރުވެރިންނަށް ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދިނުމަށް ކުރެވޭ ހިތްވަރުގަދަ މަސައްކަތެއް ކަމަށް ދެ ފަރާތުން ވެސް ވަނީ ފާހަގަ ކޮށްފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *