އިޒްރޭލަށް ލިބުނު ގެއްލުން 18 ބިލިއަން ޑޮލަރަށް ވުރެ މައްޗަށް

އިޒްރޭލަށް ލިބުނު ގެއްލުން 18 ބިލިއަން ޑޮލަރަށް ވުރެ މައްޗަށް

އީރާނާއި ލުބްނާނުން ދިން ހަމަލާތަކުގައި ހައްދުފަހަނައަޅާފައިވާ ޒައިނިސްޓު ދައުލަތަށް ލިބުނު ގެއްލުމުގެ އަގު 18 ބިލިއަން އެމެރިކާ ޑޮލަރަށް ވުރެ މަތިވާނެ ކަމަށް ލަފާ ކޮށްފިއެވެ.

ފެބްރުއަރީ 28 ވަނަ ދުވަހު، ޔަހޫދީ ސިފައިން، އެމެރިކާއާ ގުޅިގެން، އީރާނާ ދެކޮޅަށް ހަމަލާ ދޭން ފެށުމުން، ރައްދުގައި  އީރާނުން އިޒްރޭލުގެ މުހިންމު ތަންތަނަށް ވަރުގަދަ ހަމަލާތައް ދީ ބޮޑެތި ގެއްލުންތައް ދިނެވެ. ހަމައެހެންމެ، ލުބްނާނުގެ ހިޒްބުﷲ ޖަމާޢަތުން ވެސް ހަނގުރާމައިގެ ތެރެއަށް ވަދެ، ޔަހޫދީ ބިމަށް ވަރުގަދަ ހަމަލާތަކެއް ދިނެވެ.

ތެލްއަވީވްގެ މޭޔަރު ވިދާޅުވި ގޮތުގައި، ދިން ހަމަލާތަކުގައި 1,000 އަށް ވުރެ ގިނަ ގޭގެ ގިނަ ގެ، ދިރިނޫޅެވޭ މިންވަރަށް ސުންނާފަތިވެފައިވާ ކަމަށެވެ. ތެލްއަވީވްގެ އިތުރުން ބޮޑެތި އެހެން ސިޓީތަކަށްވެސް ޑްރޯނާއި މިސައިލް ހަމަލާ ދީ، ގެތަކާއި، ވެހިކަލްތަކާއި، މަގުތަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ހަނގުރާމައިގެ 40 ދުވަހުގެ ތެރޭގައި ލިބުނު ގެއްލުމުގެ ޖުމްލަ އަގު 17.5 ބިލިއަން ޑޮލަރަށް ވުރެ ބޮޑު ވާނެ ކަމަށް ލަފާ ކުރެވިފައިވާ ކަމަށް ޔަހޫދީ ފަރާތްތަކުން ހާމަ ކޮށްފައިވެ ، ތަންތަން މަރާމާތު ކުރުމުގެ ހިނގާ ހަރަދު ހިމަނާ ލިސްޓަށް ނުލައިއެވެ.

ހަނގުރާމައިގެ 40 ދުވަހުގެ ތެރޭގައި ލިބުނު ގެއްލުމުގެ އަގު 17.5 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އިޒްރޭލުން ލަފާކޮށްފައިވާ ކަމަށާއި، ގެއްލުން ލިބިފައިވާ ތަންތަން މަރާމާތު ކުރުމުގެ ހަރަދު ހިމެނިގެން ދިއުމުން، ގެއްލުމުގެ އަދަދު އިތުރަށް ބޮޑުވާނެ ކަމަށް ބެލެ އެވެ.

އިޒްރޭލުގެ މީޑިއާތަކުން ބުނި ގޮތުގައި، ހަނގުރާމައިގެ ތެރޭގައި ގާތްގަނޑަކަށް 30،000 ހާ ރައްޔިތަކު ވަނީ ގެ، ތަކެތި، އަދި ވެހިކަލްތަކަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ހުށަހަޅައިފަ އެވެ. ބަދަލު ދިނުމަށް އެކަނިވެސް، އޭޕްރީލް 8 ވަނަ ދުވަހާ ހަމައަށް 2.2 ބިލިއަން ޑޮލަރު ހިނގާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

މީގެ ކުރިން، ދިޔަ އަހަރުގެ ޖޫން މަހު، އިޒްރޭލުން އީރާނާ ދެކޮޅަށް ކުރިއަށްގެންދިޔަ 12 ދުވަހުގެ ހަމަލާތަކުގައި ހަމައެކަނި ވިޔަފާރިތަކަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 750 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ހޭދަކުރަން ޖެހުނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *