ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ބައެއް ޖަނަވާރުތައް އަލުން ގެންނަނީ

ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ބައެއް ޖަނަވާރުތައް އަލުން ގެންނަނީ

ދުނިޔެއިން ނެތިގޮސްފައިވާ ދިރުންތައް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އަލުން ދުނިޔެއަށް ގެނައުމަށް މަސައްކަތްކުރާ އެމެރިކާގެ ކުންފުންޏެއް ކަމަށްވާ ކޮލޮސަލް ބަޔޯސައެންސަސް އިން ދާދި ފަހުން ވަނީ ސައިންސްގެ ދާއިރާގައި ބޮޑު ސިންގާ ކުރިއެރުންތަކެއް ހޯދައިފައެވެ.

މިގޮތުން އެންމެ ފާހަގަ ކޮށްލެވޭ އެއް ކަމަކީ "ވޫލީ މައުސް" ނުވަތަ ކެހެރި ވަރަށް ގިނަ މީދަލާއި، "ޑަޔަރ ވުލްފް" ނުވަތަ ބިޔަ ވުލްފްގެ ސިފަތައް ޖީން އެޑިޓްކޮށްގެން އުފެއްދުމެވެ.

ކޮލޮސަލް އިން 2025 ވަނަ އަހަރުގެ މާރިޗު މަހު އިޢުލާންކުރި ގޮތުގައި، އެ ކުންފުނިން ވަނީ CRISPR ޓެކްނޮލޮޖީ ބޭނުން ކޮށްގެން އާދައިގެ މީދަލުގެ ޖީންތަކަށް ބަދަލުތަކެއް ގެނެސް، އޭގެ ހަށިގަނޑުން ކުރީގެ "ވޫލީ މެމޮތް" ގެ ސިފަތައް ދައްކުވައިދީފައެވެ.

ސައިންސްވެރިން ވަނީ މީދަލުގެ 7 ޖީނަކަށް ބަދަލު ގެނެސްފައެވެ. މީގެ ސަބަބުން އެ މީދާތަކުގެ ކެހެރި އާދައިގެ މީދަލަށްވުރެ ތިން ގުނަ ދިގުވެ، ބޯވެފައިވެއެވެ. އަދި އޭގެ ކުލަ ރަން މުށިކުލައަކަށް ބަދަލުވެ، ފިނި ހޫނުމިނަށް ކެތްކުރުމުގެ ޤާބިލުކަން އިތުރުވެފައިވެއެވެ.

މި މަޝްރޫޢުގެ މައިގަނޑު ބޭނުމަކީ 2028 ވަނަ އަހަރު މެމޮތް ދުނިޔެއަށް އަލުން ގެނައުމުގެ ކުރިން، ޖީން އެޑިޓްކޮށްގެން ބޭނުންވާ ސިފަތައް ޖަނަވާރުންގެ ހަށިގަނޑުން ނެރެވޭނެކަން ކަށަވަރު ކުރުމެވެ. މީދަލަކީ އަވަހަށް ދަރިމައިވާ އެއްޗަކަށް ވުމުން، މިއީ މިފަދަ ތަޖުރިބާތަކަށް އެންމެ ރަނގަޅު ވަސީލަތެވެ.
މީގެ އެތައް ހާސް އަހަރެއް ކުރިން ދުނިޔެއިން ނެތިގޮސްފައިވާ ބިޔަ ވުލްފުގެ ބާވަތެއް ކަމަށްވާ ޑަޔަރ ވުލްފް ގެ ސިފަތައް ހުރި ކުއްތާ ތަކެއް އުފެއްދިކަން ކޮލޮސަލް އިން ވަނީ އޭޕްރީލް 2026 ގައި ހާމަކޮށްފައެވެ.

މިކަމަށްޓަކައި ބޭނުންކުރީ މިހާރުގެ އަޅި ކުލައިގެ ވުލްފެއެވެ. އޭގެ 14 ޖީނަކަށް 20 ބަދަލެއް ގެނެސްގެން، ކުރީގެ ޑަޔަރ ވުލްފްގެ ބިޔަ ހަށިގަނޑާއި، ވަރުގަދަ ކަށިތަކާއި، އަދި ހުދު ކުލައިގެ ކެހެރި ހުންނަ ގޮތް ވަނީ އުފައްދާފައެވެ.
މި ތަކެތި އުފެއްދުމުގައި އާދައިގެ ކުއްތާ ސަރޮގޭޓް މަދަރ އެއްގެ ގޮތުގައި ބޭނުންކޮށްފައިވެއެވެ.

ކޮލޮސަލްގެ ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި، މިފަދަ ދިރުންތައް އަލުން ގެނައުމަކީ ހަމައެކަނި ސައިންޓިފިކް ތަޖުރިބާއެއް ނޫނެވެ. މީގެ މައިގަނޑު ބޭނުމަކީ:

ތިމާވެށި ހިމާޔަތްކުރުން: މެމޮތް ފަދަ ޖަނަވާރުތައް އާކްޓިކް ސަރަހައްދަށް ދޫކޮށްލުމުން، އެ ސަރަހައްދުގެ ގަނޑުފެން ވިރުން ހުއްޓުވުމަށް އެހީތެރިވެދޭނެއެވެ.ބަޔޯޑައިވަރސިޓީ: ނެތިގޮސްފައިވާ "ކީސްޓޯން" ސްޕީޝީޒްތައް އަލުން ގެނައުމުން، ގުދުރަތީ ނިޒާމު ކުރީގެ ހާލަތަށް ރުޖޫޢަވުމަށް މަގުފަހިވާނެއެވެ.

މި މަސައްކަތަށް ބައެއް ސައިންސްވެރިންގެ ފާޑުކިޔުންތައް ވެސް ވަނީ އަމާޒުވެފައެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުގައި މިއީ ހަގީގީ "ޑަޔަރ ވުލްފް" އެއް ނޫނެވެ. މިއީ ހަމައެކަނި ޖީން އެޑިޓްކޮށްފައިވާ "އަޅި ވުލްފް" ތަކެކެވެ. އަދި މިފަދަ ބަދަލުތައް ގެނައުމަކީ އަޚްލާގީ ގޮތުން ރަނގަޅު ކަމެއްތޯ ވެސް ސުވާލު އުފެދެއެވެ.

ކޮލޮސަލް ބަޔޯސައެންސަސް އިން ދަނީ މެމޮތްގެ އިތުރުން ޑޯޑޯ ދޫންޏާއި ތަސްމޭނިއަން ޓައިގަރ އަލުން ގެނައުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. 2026 ވަނަ އަހަރު އެ ކުންފުނިން ޓެކްސަސްގައި ހުޅުވި އައު ލެބޯޓްރީއާއެކު، މި "ޖެނެޓިކް ރެޒަރެކްޝަން" ނުވަތަ މަރުވެފައިވާ ދިރުންތައް ދިރުވުމުގެ ސައިންސް މިހާރު ވަނީ އާ ހަރުފަތަކަށް ގޮސްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *