ޝަހީމްގެ ދަރިފުޅަށް މެލޭޝިއާ ޔުނިވާސިޓީގެ އެކެޑެމިކް އެކްސެލެންސް އެވޯޑް

ޝަހީމްގެ ދަރިފުޅަށް މެލޭޝިއާ ޔުނިވާސިޓީގެ އެކެޑެމިކް އެކްސެލެންސް އެވޯޑް

މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ (އައިއައިޔޫއެމް) ގެ އެކެޑެމިކް އެކްސެލެންސް އެވޯޑް، އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ ދަރިފުޅު އަބްދުﷲ މާހިލް ޝަހީމަށް ލިބިއްޖެ އެވެ.

މާހިލް ހާސިލް ކުރެއްވީ ޕޮލިޓިކަލް ސައިންސް އެންޑް އިންޓަނޭޝަނަލް ރިލޭޝަންސްގެ ދާއިރާ އިން ބެޗެލާސް ޑިގްރީ އެވެ. ކިޔަވައި ވިދާޅުވި ފެކަލްޓީން އެކެޑެމިކް އެކްސެލެންސް އެވޯޑް ހާސިލް ކުރައްވާފައިވާ އިރު، އައިއައިޔޫއެމްގެ ރެކްޓާސް އެވޯޑަށް ނޮމިނޭޓް ވެފައިވާ ކަމަށް ވެސް ވަނީ ފާހަގަ ކުރެވިފަ އެވެ.

މި ކާމިޔާބީ އާ ގުޅިގެން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ ޝަހީމް ވިދާޅުވީ، މާހިލް ހޯއްދެވި ނަތީޖާ އަކީ އާއިލާ އަށާއި ގައުމަށް ފަހުރުވެރި ވެވޭ ކާމިޔާބީ އެއް ކަމަށެވެ.

އައިއައިޔޫއެމްގެ އެކެޑެމިކް އެކްސެލެންސް އެވޯޑަކީ ހުނަރާއި ހިތްވަރާ އެކު އިލްމީ ގޮތުން މަތީ ދަރަޖައިގެ ނަތީޖާ ހޯދައި، ޔުނިވާސިޓީ އަށް ރީތި ނަމާއި ޝަރަފު ހޯދައިދޭ ދަރިވަރުންގެ އަގު ވަޒަންކުރުމުގެ ގޮތުން ދޭ އެވޯޑެކެވެ.

ޔުނިވާސިޓީގެ ތަފާތު ހަރަކާތްތަކާއި އިލްމީ ޕްރޮގްރާމުތަކުގައި ފާހަގަ ކުރެވޭ މިންވަރަށް ބައިވެރިވާ ދަރިވަރުންނަށް ވެސް މި އެވޯޑް ލިބޭ ކަމަށް ޔުނިވާސިޓީ އިން ބުނެ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *