ޒަމީރު ޕީއެންސީ ރިޔާސީ ޓިކެޓަށް މަސައްކަތް ކުރާ ކަމަށް ބުނެ ފަތުރަނީ ދޮގެއް: ރިޔާޒް

ޒަމީރު ޕީއެންސީ ރިޔާސީ ޓިކެޓަށް މަސައްކަތް ކުރާ ކަމަށް ބުނެ ފަތުރަނީ ދޮގެއް: ރިޔާޒް

ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވެރިކަމަށް އައުމަށް މަސައްކަތް ކުރައްވާ ކަމަށް ބުނެ ބައެއް ނޫސްތަކުން ފަތުރަމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށް، ވިލުފުށީ ދާއިރާގެ ކުރީގެ މެންބަރ ރިޔާޒް ރަޝީދު ވިދާޅުވެއްޖެ އެވެ.

ރިޔާޒް މިހެން ވިދާޅުވީ ވެރިކަމަށް އައުމަށް ޒަމީރު މަސައްކަތްތަކެއް ކުރާ ކަމަށް ބުނެ ވާހަކަތަކެއް ފަތުރާތީ އެކަން ދޮގު ކުރައްވަމުންނެވެ. އެ ވާހަކަ ދޮގު ކުރައްވާ ރިޔާޒް ވިދާޅުވީ މިނިސްޓަރު ޒަމީރަކީ ދުވަހަކުވެސް ވެރިކަމަށް ޝައުގުވެރިވާނެ ބޭފުޅެއް ނޫން ކަމަށެވެ.

"ތިއީ ފިތުނަ އުފައްދަން ބަޔަކު ފަތުރާ ބުހުތާނު ދޮގު ވާހަކައެއް. މިއީ މިއަދު މޫސާ ޒަމީރު ކުރައްވާ މަސަކަތްޕުޅާ ހޯދާ ކާމިޔާބީ ފެނި ހަސަދަވެރިވާ ބަޔަކު ފަތުރާ ދޮގު ވާހަކައެއް," ރިޔާޒް ވިދާޅުވި އެވެ.

ރިޔާޒްް އާއި ޒަމީރަކީ އާއިލީ ގޮތުން ވަރަށް ގާތް ދެ ބޭފުޅުންނެވެ. ރިޔާޒަކީ ޒަމީރުގެ ދެބެންގެ ދެދަރި ބޭބެ އެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *