އީރާނުގެ ސުޕްރީމް ލީޑަރު މުޖުތަބާ ޚާމަނާއީ ވިދާޅުވީ، އީރާނަކީ ސަރަހައްދީ ގޮތުންނާއި ބައިނަލްއަގުވާމީ ގޮތުން ނުފޫޒު ވަރުގަދަވަމުންދާ، ދުނިޔޭގެ ބޮޑު ބާރަކަށް ވުމުގެ މަގުމަތީގައި އޮތް ގައުމެއް ކަމަށެވެ.
ހޮރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލާ ގުޅޭ ވާހަކަތައް ދެއްކެވުމުގައި ޚާމަނާއީ ވިދާޅުވީ، ދުނިޔޭގެ ތެޔޮ ވިޔަފާރިއަށާއި ހަކަތައިގެ ސަލާމަތަށް ނުހަނު މުހިންމު މި ކަނޑުއޮޅިގެ ސަރަހައްދުގައި އީރާނުން "އާ ދައުރެއް" ފަށާފައިވާ ކަމަށެވެ. ތެދުވެ ތެދުވެ ކަނޑުއޮޅިގެ ބާރުވެރިކަން ހޯދަން ތިބިކަން ވެސް ސާފުކޮށްދެއްވިއެވެ.
އީރާނުގެ ދެކުނުން އޮތް އަރަބި އަވަށްޓެރި ގައުމުތަކަށް މުޚާތަބު ކުރައްވައި ސުޕްރީމް ލީޑަރު ވިދާޅުވީ، އެ ގައުމުތަކަށް އެ ފެނިވަޑައިގަންނަވަނީ މުޢުޖިޒާތެއް ކަމަށެވެ. އަދި ބޭރުގެ ބާރުތަކުން ވާ ދޮގު ވައުދުތަކަށް ސަމާލުވުމަށާއި، އެފަރާތްތަކުން އަރަބި ގައުމުތައް ނިކަމެތިކޮށް އިހާނެތިކޮށް ހެދުމުގެ ފުރުސަތު ނުދިނުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.
ސިޔާސީ ތަހުލީލު ކުރައްވާ ފަރާތްތަކުން ވިދާޅުވި ގޮތުގައި، ހުޅަނގާ ދެކޮޅަށް ނިކުތުމަށާއި، ސަރަހައްދީ ގޮތުން ނުފޫޒު ފެތުރުމަށް، ނުތަނަވަސް ދަނޑިވަޅެއްގައި ދެއްވި ވަރުގަދަ ސިޔާސީ ޚިތާބެއްގެ ގޮތުގައި ދެކެވިދާނެ ކަމަށެވެ.





