އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް، ޕާލަމެންޓު (ކްނެސެޓް) ގެ ޖަލްސާއެއް ކުރިއަށް ދަނިކޮށް، ޕާލަމެންޓުގެ ޑެޕިއުޓީއަކު ހަމަލާދީ، ބޮޑު ހަމަ ނުޖެހުމެއް ހިނގައިފިއެވެ.
ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯތަކުން ފެންނަ ގޮތުގައި، ނަތަންޔާހޫ ވާހަކަ ދައްކަން ހުުރި ވަގުުތު ޑެޕިއުޓީ ވަނީ ގޮސް ހިފައިގަނެ، ހަށިގަނޑަށް ހަމަލާ ދީފައެވެ. ވަގުުތުުން ސެކިއުރިޓީ ވަދެ ހަމަލާ ދިން ފަރާތް ދުުރުކުރި ނަމަވެސް، ހަމަ ނުުޖެހުުން ބޮޑުުވެ ޖަލްސާ ވަނީ މެދުުކަނޑާލަން ޖެހިފައެވެ.
ހަމަލާ ދިން ސީދާ ސަބަބެއް ހާމަ ވެފައި ނުުވިޔަސް، ނަތަންޔާހޫގެ ސަރުުކާރާ ދެކޮޅަށް ފަހުުގެ ދުވަސްތަކުުގައި ވަނީ އިދިކޮޅު ފަރާތްތަކާއި ރާއްޖޭ ތެރެއިން ވެސް ބޮޑެތި ފާޑުުކިޔުުންތަކެއް އަމާޒުވެފައެވެ. ހަމަލާގައި ނަތަންޔާހޫ އަށް ލިބުުނު އަނިޔާގެ ތަފްސީލެއް ރަސްމީ ފަރާތަކުުން އަދި ހާމަ ކޮށްފައެއް ނުުވެއެވެ.





